Lankage aabaadhee ahvure gina meehun maruvejje kamah trump vidhaalhuvejje
image
ގުފްތަގު އަޖީރު
1 ކޮމެންޓް
 

ލަންކާގެ އާބާދީއަށްވުރެ ގިނަ މީހުން މަރުވެއްޖެކަމަށް ޓްރަމްޕު ވިދާޅުވެއްޖެ

މިއަދު ސިރީލަންކާއަށް ދިން ބޮމުގެ ހަމަލާތަކުގައި އެގައުމުގެ އާބާދީއަށްވުރެ ގިނަ މީހުން މަރުވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕު ވިދާޅުވެއްޖެއެވެ.
ލަންކާއަށް ދިން ހަމަލާ ކުށްވެރިކޮށް ކުރެއްވި ޓްވީޓެއްގައި ޓްރަމްޕު ވިދާޅުވެފައިވަނީ 138 މިލިއަނަށްވުރެ ގިނަ މީހުން ލަންކާގައި މަރުވެފައިވާކަމަށެވެ. ނަމަވެސް ލަންކާގެ ޖުމްލަ އާބާދީއަކީވެސް 21.44 މިލިއަނެވެ.ނަމަވެސް ފަހުން ޓްރަންޕުވަނީ މި ޓްވީޓު އިސްލާހުކުރައްވާފައެވެ.

ލަންކާގައި ދިން ބޮމުގެ އަށް ހަމަލާގައި 180 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ހަމަލާތައް ދީފައިވަނީ ލަންކާގެ މަޝްހޫރު ހޮޓާތަކުގެ އިތުރުން ޗާޗުތަކަށެވެ. ހެނދުނު ހަ މަލާއެއް ދީފައިވާއިރު، މެންދުރު ފަހު ވަނީ ދެ ހަމަލާއެއް ދީފައެވެ.

ލަންކާގައި މިވަގުތު ދިރިއުޅޭ ދިވެހިން މަގުމައްޗަށް ނުނިކުތުމަށް ލަންކާގައި ހުންނަ ކޮލޮމްބޯ އެމްބަސީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދިވެހިން ހާލުގައި ޖެހިއްޖެނަމަ ގުޅާނެ ހޮޓްލައިންތަކެއްވެސް ވަނީ ގާއިމްކޮށްފައެވެ.

ލަންކާގައި ވަނީ މުއްދަތެއް ނެތް ގޮތަށް ކާފިއުވެސް އިއުލާނުކޮށްފައެވެ.
ހިޔާލު

ގާޒީ

އަނެއްބުރާންތި