Gaumee Half marathon record Sharaf muguraalaifi
image
އަހުމަދު ޝަރަފް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފާއެކު: ފޮޓޯ ޓުވިޓަރު
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

ގައުމީ ހާފް މެރަތަން ރެކޯޑު ޝަރަފް މުގުރާލައިފި

މަޝްހޫރު ދުވުންތެރިއާ އަހުމަދު ޝަރަފް ގައުމީ ހާފް މެރެތަން ރެކޯޑް މުގުރާލައިފިއެވެ.
ޝަރަފް މި ރިކޯޑު މުގުރަލާފައިވަނީ މޮރޮކޯގެ ރަބާތު އިންޓަނޭޝަނަލް މެރެތަންގައި ބައިވެރިވެ، 12:52 މިނެޓުން ދުވެގެންނެވެ. މި ރިކޯޑު މީގެ ކުރިން އޮތީ ޝިފާޒް މުހައްމަދު އަތުގައެވެ. ޝަރަފް އޭނާގެ ރެކޯޑު މުގުރާލާފައިވަނީ 12 ސިކުންތު އަވަހަށް ދުވެގެންނެވެ.



މި ރިކޯޑާއެކު ޖުލައި މަހު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް އޭނާ ވަނީ ކޮލިފައިވެފައެވެ.

ޝަރަފް ވަނީ މީގެ ކުރިންވެސް ފުލް މެރަތަން ރިކޯޑެއް މުގުރާލާފައެވެ. އެގޮތުން 27 އަހަރަށްފަހު ހުސެން ހަލީމް (ކުޑަހުސެން) ގެ ރިކޯޑު ޝަރަފް މުގުރާލީ ކުޑަހުސޭނަށްވުރެ، 2:45 މިނެޓު އަވަހަށް ދުވެގެންނެވެ. ޝަރަފް ފުލް މެރަތަން ރިކޯޑު މުގުރާލީ 2:42:28 ގަޑީރުން ދުވެގެންނެވެ.
ހިޔާލު