Hura in fenkendumun four seasons muvahzafunah dhathithakaa kurimathivejje
image
ކ. ހުރާ / ފޮޓޯ: ބަޖެޓްމޯލްޑިވިސް
ގުފްތަގު އަޖީރު
2 ކޮމެންޓް
 

ހުރާ އިން ފެން ކެނޑުމުން ފޯސީޒަން މުވައްޒަފުންނަށް ދަތިތަކާ ކުރިމަތިވެއްޖެ

ކ. ހުރާ ކައުންސިލްގެ ދަށުން ހިންގަމުން އަންނަ އެރަށު ފެން ޕްލާންޓަށް މައްސަލައެއް ދިމާވުމާގުޅިގެން އެރަށް ކައިރީގައި އޮންނަ ކުޑަހުރާ ފޯސީޒަންގެ މުވައްޒަފުންނަށް ދަތިތަކަކާ ކުރިމަތިވެއްޖެއެވެ.
ފޯސީޒަން ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދައްކަމުން ބުނީ، ހުރާގައި ހުންނަ އެކޮމަޑޭޝަން ބޮލޮކަށް ކައުންސިލްގެ ފެން ޕްލާންޓުން އެމީހުން ތިބޭ ބްލޮކަށް ފެން ނުލިބޭކަމަށެވެ. އަދި އެމީހުންގެ އެކޮމަޑޭޝަން ހުރާއިން ހަމަޖެހިފައިވީނަމަވެސް ފެންވެރުންފަދަ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދާންޖެހެނީ ރިސޯޓަށްކަމަށް އެނާ ބުންޏެވެ.

ނަމަވެސް، ފޯސީޒަންގެ ރިސޯޓުގެ އޮފިޝަލެއް ސީއެންއެމްއަށް ވިދާޅުވީ، ޕްލާންޓުގެ ފެން ކެނޑިފައިވަނީ މުޅި ރަށުންކަމަށެވެ. އަދި ހުރާގައި ހުންނަ އެ ރިސޯޓުގެ އެކޮމަޑޭޝަން ބްލޮކަށް ވަގުތީގޮތުން ވަޅު ފެން ގުޅާދީފައިވާނެކަމަށެވެ. އަދި ހުރާގައި ދިރިއުޅޭ މުވައްޒަފުންނަށް ހާއްސަކޮށް، ރިސޯޓުން ކޮޓަރިއެއް ހުސްކޮށް، އެމީހުންނަށް އެތަނުންވެސް ފެން ވެރޭނެ އިންތިޒާމް ހަމަޖައްސައިދީފައިވާނެކަަމަށެވެ.

މިކަމާ ގުޅިގެން ހުރާ ކައުންސިލަށް ގުޅިއިރު، އެކައުންސިގެ ރައީސް އުޅުއްވަނީ "ފެންޕްލާންޓަށް ދިމާވި މައްސަލަ ހައްލުކުރެއްވުމަށް މޫދުގަ" އެވެ. އަދި ހުރާ ކައުންސިލްގެ އޮފިޝަލެއް ވިދާޅުވީ ފެން ޕްލާންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް އެ ކައުންސިލުން މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ހިޔާލު

މިހާދު

ހުރާއިން ފެން ކެނޑުނީމަ ދަތިވީ ހަމައެކަނި ކުޑަހުރާ ސްޓާފުންނަށް. ހުރާ ރައޔިތުންނަށް އެއްވެސް ދައްޗެއް ނުވޭތަ.

ހުންމަ

މިސަރުކާރުގަ ތިޔަ ވައްތަރުގެ ދަތި އެއްވެސް ކަމެއް ދިމަލެެއް ނުވާނެ އުދުހިފަ އުފަލުގަ އުޅެންވީ