Lanka gai maruvi meehunge aaila thakaha faisage inaayaiyy dhinumah ninmaifi
image
ލަންކާގެ ފައްޅިއަކަށް އިއްޔެ ހަމަލާ ދީފައި
އަހުމަދު
0 ކޮމެންޓް
 

ލަންކާގައި މަރުވި މީހުންގެ އާއިލާތަކަށް ފައިސާގެ އިނާޔަތް ދިނުމަށް ނިންމައިފި

އަވަށްޓެރި ސްރީ ލަންކާގައި އިއްޔެ ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އާއިލާތަކަށް ފައިސާގެ އިނާޔަތް ދިނުމަށް އެގައުމުގެ ކެބިނެޓުން ނިންމައިފިއެވެ.
މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމާފައިވަނީ މަރުވި މީހުންގެ ޖަނާޒާގެ ކަންކަމަށް އެއްލައްކަ ރުޕީސް ދިނުމަށާއި މަރުވި ކޮންމެ މީހެއްގެ އާއިލާއަށް އެއް މިލިޔަން ރުޕީސް ދިނުމަށެވެ.

މަރުވި މީހުންގެ އާއިލާތަކަށް އެއް މިލިއަން ރުޕީސްގެ އިނާޔަތެއް ދިނުމަށް ނިންމާފައިވާއިރު ޒަހަމްވި ފަރާތްތަކަށް ހާލަތަށް ބެލުމަށްފަހު އެއް ލައްކަ ރުޕީސްއާއި ތިން ލައްކަ ރުޕީސްއާއި ދެމެދުގެ ފައިސާގެ އިނަޔަތެއް ދިނުމަށްވެސް ވަނީ ލަންކާގެ ކެބިނެޓުންވަނީ ނިންމާފައެވެ.

ސްރީލަންކާގެ އެކި ސަރަހައްދުތަކަށް އިއްޔެދިން ސިލްސިލާ ބޮމުގެ ހަމަލާތަކުގައި 290 މީހުން މިހާތަނަށްވަނީ މަރުވެފައެވެ. އަދި 450 އަށް ވުރެ ގިނަ މީހުން ޒަހަމްވެ ފަރުވާދެމުން ގެންދާއިރު ބައެއް މީހުންގެ ހާލު ސީރިއަސްކަމަށް ރިޕޯޓްތައް ބުނެއެވެ.

ހިޔާލު