Lanka gai Gethah balaafaaskuraairu Dhivehin Ehbaarulun dhinumah edhihje
image
ލަންކާ-- ފޮޓޯ:
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ލަންކާގައި ގެތައް ބަލާފާސްކުރާއިރު ދިވެހިން އެއްބާރުލުން ދިނުމަށް އެދިއްޖެ

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ސްރީލަންކާގަައި ދެމުން އަންނަ ބޮމުގެ ހަމަލާތަކާއި ގުޅިގެން އެގައުމުގެ އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަންތަކުގައި އެގައުމުގެ ގެތައް ބަލާފާސްކުރަމުން އަންނައިރު އެ އޮޕަރޭޝަނުގެ ދަށުން ދިވެހިން ދިރިއުޅޭ ގެތައް ވެސް ބަލާފާސް ކުރާތީ އެކަމަށް އެއްބާރުލުން ދިނުމަށް އެގައުމުގައި ހުންނަ ދިވެހި އެމްބަސީން އިލްތިމާސްކޮށްފިއެވެ.
އެމްބަސީން ނެރުނު އިއުލާނެއްގައި ބުނީ، ބޮމުގެ ހަމަލާތައް ދިނުމުގެ ފަހަތުގައިވާ މީހުން ހޯދުމަށް ލަންކާގެ ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަމުން އަންނައިރު ސަލާމަތީ ބާރުތަކުން ދަނީ ބައެއް ގޭގޭ ބަލައި ފާސް ކުރަމުން ކަމަށެވެ. އަދި ގެތައް ބަލަމުން އަންނަނީ ވަކި މީހަކަށް އަމާޒުކޮށްގެން ނޫން ކަމަށާއި އެކަމަކީ ރެންޑަމްކޮށް ކުރަމުންދާ ކަމެއް ކަމުން އެކަމަށް ސަމާލުވެ ތިބުމަށާއި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ކަމާބެހޭ ފަރާތްތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް އެމްބަސީން އެދެއެވެ.

އޭގެ އިތުރުން އެ އިއުލާނުގައި ބުނީ، ހަމަލާތަކާ ގުޅިގެން ބަންޑާރަނައިކު އިންޓަރނޭޝަނަލް އެއާޕޯޓުގައި ސަލާމަތީ ކަންތައްތައް ވެސް ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައިވާ ކަމަށެވެ. އެހެންވެ ފުރުމަށް އެއާޕޯޓަށް ދާނަމަ 4 ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް ވެސް އެމްބަސީން އެދެއެވެ. އަދި ކާފިއު އިއުލާނުކޮށްފައިވާ ގަޑިތަކުގައި ބޭރަށް ނުނިކުތުމަށް ވެސް އެމްބަސީން އިލްތިމާސްކުރެއެވެ.

ލަންކާއަށް ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 300 އަށް އަރާއިރު 500 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބި ދަނީ ފަރުވާ ދެމުންނެވެ. މިހާތަނަށް ބޮމުގެ ހާދިސާގައި ބައިވެރިވި ކަމަށް ބެލެވޭ 40 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ހިޔާލު