Mihaaru hingamundhaa 18 vana Majileehuge enme fahu jalsa mimahuge 29 gai!
image
މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގެ ތެރޭގައި ކުރީގެ ސަރުކާރަށް ނިސްބަތްވާ ޕީޕީއެމް ކޯލިޝަނުގެ ބައެއް މެމްބަރުން އުފާފާޅު ކުރަނީ-- ޕީޕީއެމް ކޯލިޝަންގެ ގިނަ މެމްބަރުން 19 ވަނަ މަޖިލީހަށް އިންތިހާބެއް ނުވި--
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

މިހާރު ހިނގަމުންދާ 18 ވަނަ މަޖިލީހުގެ ފަހު ޖަލްސާ މިމަހުގެ 29ގައި!

މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ މިމަހުގެ 29 ގައި އޮންނާނެ ކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އިއުލާން ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް ގާސިމް ވިދާޅުވީ މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ މިމަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވަނީ ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްތަކާ މަޝްވަރާ ކުރުމަށްފަހުގަ ކަމަށެވެ.

މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެފަހު ޖަލްސާ މިމަހުގެ 29ގައި ބާއްވާއިރު، ދެން މަޖިލިސް ދާނީ އެއް މަސްދުވަހުގެ ޗުއްޓީ އަކަށެވެ.

މިމަހުގެ ހަ ވަނަ ދުވަހު އިންތިހާބު ކުރެވިފައިވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާ ކުރުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 28 ވަނަ ދުވަހު އެވެ.

އެހެންކަމުން މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެފަހު ޖަލްސާ މިމަހުގެ 29 ގައި ބޭއްވި ނަމަވެސް 19 ވަނަ މަޖިލީހުގެ މެމްބަރުން ހުވާކުރާ ދުވަހާ ހަމައަށް 18 ވަނަ ރައްޔިތުންގެ މަޖިލިސް ދެމިއޮންނާނެ އެވެ.

މިހާރު އިންތިހާބު ކުރެވިފައިވާ 19 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފަށާނީ ޖޫން މަހު އެވެ. ނަމަވެސް 19 ވަނަ މަޖިލިސް ހުވާ ކުރާ ދުވަހު، އެމަޖިލީހުގެ ރައީސާއި ނާއިބު ރައީސް މަޖިލިސް މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުން ކަނޑައެޅިގެންދާނެ އެވެ.

އިންތިހާބު ކުރެވިފައިވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ސަރުކާރު ކޯލިޝަންގެ މައިޕާޓީ އެމްޑީޕީން ވަނީ ހޯދާފަ އެވެ. އެމްޑީޕީން 65 ގޮނޑި ކާމިޔާބު ކޮށްފައިވާއިރު، އެއީ މަޖިލީހުގެ އެންމެ މަތީ އަޣްލަބިއްޔަތު ކަމަށްވާ ގާނޫނުއަސާސީ ބަދަލުކުރުމަށް ބޭނުންވާ މެމްބަރުންގެ އަދަދަށްވުރެ އެއް މެމްބަރު މަދު އަދަދެއް ނަމަވެސް އެމްޑީޕީއަށް އެފުސަތު އެބައޮތެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިހާބު ކާމިޔާބު ކުރެއްވި ބައެއް މެމްބަރުން ސަރުކާރަށް އެއްއެބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައިވާތީ އެވެ. އަދި އަމިއްލަ ގޮތުން ކާށިދޫ ދާއިރާއަށް ވާދަކުރައްވާ އިންތިހާބު ކާމިޔާބު ކުރެއްވި މަޝްހޫރު ވިޔަފާރި ވެރިޔާ އަބްދުﷲ ޖާބިރަކީ އެމްޑީޕީގެ މެމްބަރެކެވެ. އަދި ޖާބިރުވެސް ވަނީ އޭނާ މަސައްކަތް ކުރައްވާނީ ސަރުކާރާއި އެމްޑީޕީއާއެކު ކަމަށް ވިދާޅުވެފަ އެވެ.

މަޖިލިސް އިންތިހާބުގައި އިދިކޮޅު ޕީޕީއެމް ކޯލިޝަނާއެކު މަސައްކަތްކުރި، ނަމަވެސް ސަރުކާރު ކޯލިޝަނުގައި ތިބިކަަމަށް ބުނާ ޖުމްހޫރީ ޕާޓީއަށް ފަސް ގޮނޑި، އިދިކޮޅު ޕީޕީއެމަށް ފަސް ގޮނޑި، އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީއަށް ތިން ގޮނޑި ލިބިފައިވާއިރު އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކޮށް ހަތް ކެންޑިޑޭޓަކު ވަނީ ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ.
ހިޔާލު