Tere Naam ge dhevana baeh hadhanee
image
ތޭރޭ ނާމްގެ ޕޯސްޓަރެއް---
0 ކޮމެންޓް
 

"ތޭރޭ ނާމް" ގެ ދެވަނަ ބައެއް ހަދަނީ

"ތޭރޭ ނާމް" ގެ ދެވަނަ ބައެއް ހަދަން ނިންމައިފިއެވެ.
ސަލްމާން ހާނާއި ބޫމިކާ ޗާވްލާ ލީޑު ރޯލުން ފެނިގެންދިޔަ އެފިލްމު ނެރެފައިވަނީ 2003 ވަނަ އަހަރު އޮގަސްޓު މަހުގައެވެ. ފިލްމަށް ބޮޑު ކާމިޔާބެއް ލިބުނުއިރު ފިލްމުގެ ދެވަނަ ބައެއް ހަދަން އުޅޭ ކަން ފިލްމު އުދެއްދުންތެރިޔާ ސަތީޝް ކޯޝިކް ވަނީ މިހާރު ކަށަވަރުކޮށްދީފައެވެ.

ސަތީޝް ބުނިގޮތުގައި ފިލްމުގެ ދެވަނަ ބައެއް ހަދަން އުޅޭކަމަށް ދެކެވޭ ވާހަކަ އަކީ ތެދުވާހަކަ އެއް ކަމަށެވެ. އަދި އެއީ ލޯބީގެ ވާހަކަ އެއްގެ މައްޗައް ހަދާ ފިލްމެއް ކަމަށް ވެސް ސަތީޝް ވަނީ ބުނެފައެވެ. ނަމަވެސް ފިލްމާ ބެހޭ އިތުރު ތަފްސީލެއް ސަތީޝް ދީފައެއް ނުވެއެވެ.

ރީތި ލަވަ ތަކެއް ހިމެނޭ "ތޭރޭ ނާމް" ގައި ސަލްމާނަށް ކިޔަނީ ރާދޭ އެވެ. އަދި ބޫމިކާ އަށް ކިޔަނީ ނިރްޖަރާ އެވެ. ފިލްމުގައި ވަރަށް ހިތްދަތި މަންޒަރުތަކެއް ފެނިގެންދިޔައިރު އެފިލްމަކީ ގިނަ ބަޔަކު ރޮއްވާލި ފިލްމެއް ވެސް މެއެވެ.

ފިލްމުގެ ދެވަނަ ބައިން ފެނިގެންދާނެ ފަންނާނުން އަދި ހާމަކޮށްފައިނުވާއިރު ފިލްމުގެ މަސައްކަތް ފަށާނެ ތާރީހެއް ވެސް އެނގިފައެއް ނުވެއެވެ.
ހިޔާލު