Eh loa maraali Priya aai Roshan ulheni rahtehi vegn tha?
image
ރޯޝަން އާއި ޕްރިޔާ---
1 ކޮމެންޓް
 

އެއް ލޯ މަރާލި ޕްރިޔާ އާ ރޯޝަން އުޅެނީ ރައްޓެހިވެގެންތަ؟

އެއް ލޯ މަރާލައިގެން އެތައް ބައެއްގެ ހިތްތައް ފަތަހަކުރި ޕްރިޔާ ޕްރަކާޝް ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ރޯޝަން އަބްދުލް ރައޫފާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
މަލަޔާލަމް ފިލްމު، "އޯރޫ އާދަރް ލަވް" ގެ ލަވައެއްގައި ޕްރިޔާ ޕްރަކާޝް ވާރިޔާގެ ކަތި ނަޒަރުން ފިރިހެން ކުއްޖަކު ރަކިކޮށްލާ މަންޒަރު ފެންނަ ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔައެވެ. މިއަހަރުގެ ކުރީކޮޅު އާއްމުވި އެވީޑިއޯއާއެކު އުމުރުން އެންމެ 19 އަހަރުގެ ޕްރިޔާ މަޝްހޫރުވެގެންދިޔައީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.

އެވީޑިއޯ އިން ޕްރިޔާ އާއެކު އެއް ލޯ މަރާ ރޯޝަން އާ ދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އޮންނަ ކަމަށް މީގެ ކުރިން ވެސް ވަނީ ވާހަކަތައް ފެތުރިފައެވެ. ނަމަވެސް އެވާހަކަތަކުގެ އަޑު ކުޑަދުވަސްކޮޅެއްގެ ތެރޭގައި ވަނީ ހުއްޓިފައެވެ.

ދާދި ފަހުން ރޯޝަންގެ އުފަންދުވަހު ޕްރިޔާ ވަނީ ހާއްސަ ތަހުނީޔާ އެއް ކިޔާފައެވެ. އިންސްޓަގުރާމު މެދުވެރިކޮށް ޕްރިޔާ ކި އެތަހުނިޔާއަށް ގިނަ ބައެއްގެ ލޯތައް ވަނީ އަމާޒުވެފައެވެ. އެ ޕޯސްޓުގައި އެދެމީހުންގެ ގާތް ގުޅުމެއް އޮންނަކަން ހާމަވެގެންދާއިރު ދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އޮންނަ ކަމަށް އަނެއްކާ ވެސް މިވަނީ ވާހަކަތައް ފެތުރެން ފަށާފައެވެ. އެކަމާ ގުޅިގެން ޕްރިޔާ އަދި ރޯޝަން ވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.


View this post on Instagram

👫

A post shared by priya prakash varrier (@priya.p.varrier) on


View this post on Instagram

Happy birthday osha!💕

A post shared by priya prakash varrier (@priya.p.varrier) on



ޕްރިއާ ފުރަތަމަ ބޮލީވުޑު ފިލްމު "ސްރީދޭވީ ބަންގްލާ" ސްރީދޭވީގެ ރޯލުން ފެނިގެންދާއިރު އެ ފިލްމަކީ ބޮލީވުޑުގެ ތަރި ސްރީދޭވީއާ އެއްވެސް ގުޅުމެއް އޮންނަ ފިލްމެއް ނޫން ކަމަށް އެ ފިލްމުގެ ޕްރޮޑަކްޝަން ހައުސްގެ އިތުރުން ޑައިރެކްޓަރު ޕްރަސާންތު މަމްބަލީ ހާމަކުރެއެވެ.

ނަމަވެސް ފިލްމުގެ ޓީޒާ މިހާރު އާންމުކޮށްފައިވާއިރު ޓީޒާ ބެލުމަށް ފަހު ގިނަ ބަޔަކު ވަނީ އެއީ ސްރީދޭވީއަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ ފިލްމެއް ކަމަށެވެ.

އެފިލްމު ސިނަމާތަކުގައި އެޅުވިޔަ ނުދިނުމަށް ސްރީދޭވީގެ ފިރިމީހާ ބޮނީ މިހާރު ނިކުމެފައިވާއިރު ފިލްމަށް މިހާރު މިވަނީ ގާނޫނީ ހުރަސްތަކެއް ވެސް ކުރިމަތިވެފައެވެ. އެގޮތުން ކޯޓަށް ބޮނީ ހުށަހެޅި މައްސަލައާ ގުޅިގެން މިހާރު ވަނީ ފިލްމުގެ ޕްރޮޑަކްޝަން ޓީމަށް ލީގަލް ނޯޓިސް ފޮނުވާފައެވެ. އެކަން ކަށަވަރުކޮށްދީ ފިލްމުގެ ޑައިރެކްޓަރު ބުނީ، އެކަމަށް ކުރިމަތިލާން ތައްޔާރު ކަމަށެވެ. އަދި ސްރީދޭވީ ކިޔާ ގިނަ ބަޔަކު ދުނިޔޭގައި މިހާރު ވެސް އުޅޭކަމަށް އޭނާ ބުނެއެވެ.
ހިޔާލު

ޕިޔާ

ޕްރިޔަންކާގެ މެސެޖް ކިޔާލީމަ ދޭހަވަނީ ވަރަށް ގާތް ރަހުމަތްތެރިޔެއް އަނެއް ރަހުމަތްތެރިޔާ އަށް ފޮނުވާފައިވާ މެސެޖެއް ގޮތަށް! މިޔަކުން އިޝްޤީ ލޯތްބެއް ދެމީހުންގެ މެދުގަ އޮތްކަމަކަށް ފާހަގަވާނެ އެއްވެސް އެއްޗެއް ނުފެނުން!