Kalank ah tharuheebeh neiy
image
ކަލަންކުގެ ލީޑު ތަރިން--
0 ކޮމެންޓް
 

"ކަލަންކް" އަށް ތަރުހީބެއް ނެތް

އަބީޝޭކް ވަރްމަން ޑައިރެކްޓުކޮށް މިމަހުގެ 17 ވަނަ ދުވަހު ނެރުނު ފިލްމު "ކަލަންކް" ބެލުމަށް ފަހު ބެލުންތެރިން ވަނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. އެފިލްމަކީ ހީކުރި ވަރުގެ ރީތި ފިލްމެއް ނޫން ކަމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ބުނެފައިވާއިރު ފިލްމަށް ލިބެމުންދާ ތަރުހީބު މިވަނީ ވަރަށް ބޮޑު ތަނުން ދަށަށް ގޮސްފައެވެ.
އާލިއާ އާއި ވަރުން ގެ އިތުރުން މަދޫރީ އާއި ސޮނާކްޝީ ސިންހާ އަދި އަތިދްޔާ ރޯއީ ކަޕޫރުގެ އިތުރުން ސަންޖޭ ދަތު ވެސް ފެނިގެންދާ އެ ފިލްމަށް މިދިޔަ ހޯމަ ދުވަހު ލިބުނީ 3.50 ކްރޯޑު ރުޕީސްއެވެ. ބުދަ ދުވަހު އެޅުވި އެފިލްމަށް ޖުމްލަ މިހާތަނަށް ލިބިފައި ވަނީ 66 ކްރޯޑު ރުޕީސްއެވެ.

އާންމު ގޮތެއްގައި ކަރަންގެ ފިލްމުތައް ފުރަތަމަ ހަފުތާގައި 100 ކްރޯޑު ކްލަބަށް ވަދެއެވެ.

ފިލްމު އެޅުވި ދުވަހުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރަނގަޅު ތަރުހީބެއް ލިބެމުން އައިސް ކުއްލިއަކަށް ތަރުހީބު ދަށްވެފައިވާތީ އާލިއާ އާއި ސޮނާކްޝީ ވެސް ވަނީ އެކަމާ ކަންބޮޑުވެފައެވެ. އެކަމަކު އޭގައި އެމީހުންނަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ވެސް އެމީހުން ބުނެއެވެ.

އެފިލްމަކީ ސަންޖޭ އާއި މަދޫރީގެ ސަޕޯޓަރުންނަށް ވެސް ހާއްސަ ފިލްމަކަށް ވާނެ އެވެ. އެއީ ވިހި އަހަރަށް ފަހު އެދެ ތަރިން އެކުގައި ފެންނަ ފުރަތަމަ ފިލްމަކީ ވެސް މިއީ ކަމަށްވާތީއެވެ.

ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން ސިނަމާއަށް ގެންނަ ފުރަތަމަ ޕީރިއަޑް ފިލްމު "ކަލަންކް"އަކީ 1940 ގެ އަހަރުތަކުގައި ހިނގާފައިވާ ހާދިސާތަކެއް ކިޔައިދޭ ފިލްމެކެވެ. ކަލަންކަކީ ކަރަންގެ ބައްޕަ ޔާޝް ޖޯހަރު ސްކްރީނަށް ގެންނަން އަމާޒު ހިފައި، އެކަމަކު އެކަން ވަރަށް ބޮޑަށް ދިގުލައިގެންދިޔަ ފިލްމެކެވެ. 2004 ވަނަ އަހަރު ކަރަންގެ ބައްޕަ މަރުވެފައިވާތީ އެފިލްމު ނެރުނީ ކަރަންގެ ބެލުމުގެ ދަށުންނެވެ.
ހިޔާލު