Mainbafainge Geah Ranbir Dhiriulhun badhalukuranee
image
ރަންބީރު އޭނާގެ މައިންބަފައިންނާއެކު--
2 ކޮމެންޓް
 

މައިންބަފައިންގެ ގެއަށް ރަންބީރު ދިރިއުޅުން ބަދަލުކުރަނީ

މީގެ ދުވަސްކޮޅެއް ކުރިން އަޑު ފެތުރުނީ ބޮލީވުޑުގެ ޒުވާން ޖޯޑު، ރަންބީރު ކަޕޫރާއި އާލިއާ ބަޓް އެއް ތަނަކަށް ދިރިއުޅުން ބަދަލުކުރަން އެޕާޓްމަންޓެއް ގަތް ވާހަކައެވެ. އެކަމަކު އެކަން ދޮގުކޮށް އާލިއާ ވަނީ އެތަނަކީ އޭނާ ޕްރޮޑަކްޝަން ހައުސެއް ހިންގުމަށް ގަތް ތަނެއް ކަމަށް ބުނެފައެވެ.
އެންމެ ފަހުގެ ރިޕޯޓުތައް ބުނާ ގޮތުން ރަންބީރު ކަޕޫރު މިވަނީ އޭނާގެ ބައްޕަ އަދި އެކްޓަރު ރިޝީ އާއި މަންމަ ނީތީ މުމްބާއީގެ ބާންޑްރާގައި ދިރިއުޅެމުން އަންނަ ގެއަށް ދިރިއުޅުން އަލުން ބަދަލުކުރަން ނިންމާފައި ކަމުގެ އަޑުތައް އަރާފައެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ ތެރޭގައި ރަންބީރު ވަނީ މުމްބާއީ އިން އެޕާޓްމަންޓެއް ގަނެ އެތަނުގައި ވަކިން ދިރިއުޅެން ފަށާފައެވެ. ބެލެވޭ ގޮތުގައި އަލުން މައިންބަފައިން ދިރިއުޅޭ ގެއަށް އޭނާ ބަދަލުވާން ނިންމާފައި މިވަނީ ރިޝީ ކަޕޫރު މާބޮޑަށް ބަލިކޮށް އުޅޭތީއެވެ. ރިޝީ މިހާރު ވެސް އަންނަީ އެމެރިކާއިން ބޭސް ކުރަމުންނެވެ. އެހެންކަމުން އެއްގެއެއްގައި ދިރިއުޅުމުން ބައްޕައާއެކު ވަގުތު ހޭދަކުރަން ފަސޭހަވާނެތީ އެގެއަށް ރަންބީރު އަލުން ބަދަލުވަނީ ކަމަށް ބެލެއެވެ.

ރިޝީ ކަޕޫރު އެމެރިކާއިން ފަރުވާ ހޯދަމުން އަންނަނީ ކޮން ބައްޔަކަށް ކަން އާއިލާއިން ހާމައެއް ނުކުރެއެވެ. އެކަމަކު އަޑުތައް އަރާ ގޮތުން އޭނާ ފަރުވާ ހޯދަނީ ކެންސަރު ބައްޔަށެވެ. އެމެރިކާގައި ފަރުވާ ހޯދަމުން އައި ނަމަވެސް ރަންބީރު ވެސް އޭނާގެ ބައްޕަގެ ކައިރިއަށް އެމެރިކާއަށް ގޮސް ހަދައެެވެ.

އުމުރުން 36 އަހަރުގެ ރަންބީރު އެންމެ ފަހުން މަސައްކަތް ކޮށްފައި ވަނީ ސަންޖޭ ދަތުގެ ހަޔާތަށް ނެރުނު ފިލްމު "ސަންޖޭ" ގައެވެ. އެފިލްމުގައި އޭނާ ދައްކުވައިދިން އެކްޓިން ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައެވެ. ރަންބީރުގެ ކުރިއަށް އޮތް ފިލްމަކީ އަޔާން މުކަރުޖީ ޑައިރެކްޓުކޮށް ނެރޭ "ބްރަހްމަސްތްރާ" އެވެ.
ހިޔާލު

ޙަޔާތް

އަހައްމަދާ އެކަމް ކަލޭ ހޭވައްޓާލާފަ ހަބަރު ކިޔާާގައި އިރު ތިކަމެއް ނޭގޭ

އަޙްމަދު

އަހަރުމެންނަށް ކޮންކަމެއް އެނާ ކޮންމެ ތާކު އުޅުނަސް! މިވެސް ވަރަށް މުހިންމު ޙަބަރެއް!