Suood ge mahsala balan supreme court in ninmaifi
image
ހުސްނުއް ސުއޫދު
އަހުމަދު
6 ކޮމެންޓް
 

ސުއޫދުގެ މައްސަލަ ބަލަން ސްޕްރީމް ކޯޓުން ނިންމައިފި

ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ރޭ ޓީވީ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން އެމައްސަލަ ބެލުމަށް ސްޕްރީމް ކޯޓުން ނިންމައިފި އެވެ.
ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ މިހާރު ސްޕްރީމް ކޯޓްގެ ބެންޗުގައި ތިއްބެވި އެއްވެސް ފަނޑިޔާރަކަށް އިތުބާރެއް ނެތްކަމަށާއި އަދުލު އިންސާފު ގާއިމްކުރުމަށް ސްޕްރީމް ކޯޓްގެ ހުރިހާ ފަނޑިޔަރުންވެސް މަގާމުން ދުރުކުރަން ޖެހޭ ކަމުގައެވެ.

ސުއޫދުގެ ވާހަކަތަކާއި ގުޅިގެން ސްޕްރީމް ކޯޓުން ބުނީ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ޝަރުޢީ ދާއިރާއާ ގުޅޭގޮތުން ޤާނޫނީ ވަކީލު އަލްއުސްތާޛު ހުސްނުއް ސުއޫދު ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން، ކޯޓު ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާޢިދާއި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދުގެ ދަށުން އެ މައްސަލަ ބެލުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމުގައެވެ.
ޝަރުއީ ދާއިރާއާއި ގުޅޭގޮތުން ދައްކަވާފައިވާ ބައެއް ވާހަކަތަކާއި ގުޅިގެން މީގެ ކުރިންވެސް ސުއޫދަށް ސްޕްރީމް ކޯޓުންވަނީ ފިޔަވަޅުއަޅާ ސަސްޕެންޑް ކޮށްފައެވެ.

މީގެ އިތުރުން ޝަރުއީ ދާއިރާގައި ހުންނަ ނުރަނގަޅު ކަންކަން ފާހަގަކޮށް އެކަންކަމާއި ގުޅޭގޮތުން ވާހަކަ ދައްކާ ވަކީލުން ސަސްޕެންޑް ކުރުމާއި އެފަދަ ވާހަކަތަކާއި ގުޅޭގޮތުން ފިޔަވަޅު އެޅުމަކީ އާއްމު ކަމެކެވެ.
ހިޔާލު

ޙުސެން

ތިޔަ ސްޕްރީމް ކޯރޓް،ވުޖޫދަށް އައީވެސް ޤާނުުން އަސާސީއާއި ޚިލާފަށެވެ. ތި ކޯރޓް އުވާލާ ޤާނޫނީ ހަމަތަކުގެ މަތީން ޤާނޫނީ ސްޕްރީމް ކޯޓެއް އުފެއްދުމަކީ ޢަދުލު އިންސާފު ޤަާއިމްވެ ވަގުންނާއި ތަގުންނަށް ބިރުބޮޑުވާނެކަމެކެވެ.

ހަސަނު

ސޫދު ބުނި އަޑިގަ ތިބި މީހުން އެނގިއްޖެއޭ.. ސުޕްރީމް ކޯޓުން ތެޅިގަނެފާ އަވަހަށް އެބުނީ ސޫދު އެ ދައްކާ ވާހަ ހުއްޓުވާ ސޫދަށް ފިޔަވަޅު އަޅަން އެއުޅެނީ އަނެއްކާ އަޑީގަ ތިބީ ސުޕްރީމް ކޯޓު މީހުުން ބާ؟؟

ކޮލެޖު ބޯއި

ސޫދު އެ ބުނަނީ ތެދޭ. ސުޕްރީމް ކޯޓުން ނިހާއީ ހުކުމް އިއްވާފަ އެއްކޮޅަށް ކާމިޔާބު ކުރުވާފަ ދެން އަމިއްލަ އަށް ހުކުމް ބާތިލުކޮށްފަ އެ ހުކުމް އެބަކުރޭ ސީދާ ދިމާ އިދިކޮޅަށް. ކުރިން ކުރިގޮތާ ޚިލާފަށް. މި ގޮތަށް އުނބަށް ޖަހަންޏާ ބުނެވިދާނެ ދޯ ސޫދު އެދައްކާ ވާހަކަ ވަރަށް ހަރުދަނާއޭ. ތެދު ވާހަކަ އެއް ހާމަކުރީމަ ކޯޓު ހުރުމަތް ކެނޑޭނެތަ؟

ahmed

އެއްވެސް ނޫހެއްގަ އޭޑީކޭއިން އަގުބޮޑުކުރުމުން ކުލިނިކުތަކުން އަގުބޮޑުކުރިވާހަ ނުދައްކަނީ ކީއްވެބާ ކުރިން އާސަންދަ ކަނޑާފަ 200 ރުފިޔާ އަތުން ދައްކަނީ .މިހާރު އާސަންދަ ކަނޑާފަ އަތުން 350 ދައްކަން ޖެހޭ u ބޮޑުވުމެއް.

ޢަލީ

ވަރަށް ރަނގަޅު.. މިހާރު ސުޕްރީމް ކުރަން ވީ ކަމަކީ އަފްރާޝީމް ރިލްވާން އަދި ޔާމީން ޢާއިލާ ބޭފުޅުން ނާއެއްކޮއް ދަޢުވާ ކުރަންވީ.. ސުޕްރީމް ގެ ކަރާމާތް އެބަ ގެއްލޭ ތިޔަ އާއިލާ ތަކާ ހުރެ..

ހުސައިނ މޫސާ

ސުޢޫދުގެ ވާހކައަށް އަޅުގނަޑުވެސް ތާއީދު