Hamalathakugai baiverivi meehun baiathuhifaa video eh ammu koffi
image
ހަމަލާތަކުގައި ބައިވެރިވި މީހުން ބައިއަތުހިފާ ވީޑިއޯ
ސީއެންއެމް
3 ކޮމެންޓް
 

ހަމަލާތަކުގައި ބައިވެރިވި މީހުން ބައިއަތުހިފާ ވީޑިއޯއެއް އާއްމުކޮށްފި

މިދިޔަ އާދީއްތަ ދުވަހު އަވަށްޓެރި ސްރީލަންކާގައި ދިން ސިލްސިލާ ބޮމުގެ ހަމަލާތަކުގައި ބައިވެރިވި ކަމަމަށް ބުނާ މީހުން ބައިއަތުހިފާ ވީޑިއޯއެއް އާއްމުކޮށްފިއެވެ.
އާދީއްތަ ދުވަހު ދިން ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓްސްއިން ނަގާފައިވާއިރު، ހަމަލާގައި ބައިވެރިވިކަމަށް ބުނާ މީހުން ބައިއަތުހިފާ ވީޑިއޯ އާއްމުކޮށްފައިވަނީވެސް އައިއެސްގެ އަލް އަމަގް ނިއުސް އެޖެންސީންނެވެ. މި ވީޑިއޯއިން އަށް މީހަކު ފެނެއެވެ.

މި ވީޑިއޯއިން އަށް މީހަކު ފެންނައިރު، އެންމެ އިސްކޮށް ހުރީ އައިއެސްގެ ނަމުން ނަމަ "އަބޫ އުބައިދާ" އެވެ. ލަންކާއަށް ނިސްބަތްވާ ޒަހްރާން ހާޝިމީ ނުވަތަ އަބޫ އުބައިދާއަކީ ސަންގުރިލާ ހޮޓަލުގެ ރެސްޓޯރަންޓްގައި ޖާނުން ފިދާވެގެން ހަމަލާދިންކަމަށް ބެލެވޭ މީހާއެވެ.

ޒަހްރާން ނުވަތަ އަބޫ އުބައިދާގެ އިތުރުން ދެން ތިބި ހަތް މީހުންގެ މޫނުވަނީ ނިވާކޮށްފައެވެ. ބައިއަތު ހިފުމުގައި އިސްކޮށް ޒަހްރާން ހުރިއިރު އޭނާގެ މޫނު ނިވާކޮށްފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި އޭނާއަކީ މި ހަމަލާގެ އެންމެ އިސް އެއް މޭސްތިރި އެވެ.

އާދީއްތަ ދުވަހު ލަންކާގެ ބައެއް ފައްޅި ތަކަށާއި ބައެއް ހޮޓާތަކަށް ދިން އަށް ހަމަލާގެ ތެރެއިން ހަތް ހަމަލާއެއް ދީފައިވަނީ ޖާނުން ފިދާވެގެންނެވެ.

މި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 320 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު އުޅެނީ 500 އާއި ގާތްކުރާ އަދަދެއްގައެވެ. ހަމަލާތަކާއި ގުޅިގެން މިހާތަނަށް 40 މީހަކުވަނީ ހައްޔަރު ކޮށްފައެވެ.
ހިޔާލު

އަޙްމަދު

ކޮބާ ވީޑިުއޯ: ލިންކު ޕޯސްޓް ކޮށްލިނަމަދޯ!

ރައްޔިތުން

ތިޔައީ ނުރައްކާ ބޮޑު ބައެއް

ހޖދ

ކޮބާ ވީޑިއޯ. ތި ޗެނަލްގެ ލިންކް ދީބަލަ