Senahiya Hospital eh ge fenvarah tharahqee kuranee
image
ސެނަހިޔާ-- ފޮޓޯ: ޕީއެސްއެމް
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ސެނަހިޔާ ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްގީ ކުރަނީ

ސިފައިންގެ ސިއްހީ ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން "ސެނަހިޔާ" ގެ ނަމުގައި ހިންގަމުން އަންނަ ސިފައިންގެ ކްލިނިކް ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު އެކަން ހާމަކުރައްވާފައި ވަނީ ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ، އެތަން ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށެވެ.

"ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ސެނަހިޔާ ވެސް ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްގީކޮށް މުޅިން އާ ހިދުމަތްތަކެއް ދޭން ފެށޭނެ،"

އޭގެ އިތުރުން ކޯސްޓްގާޑަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ އުޅަނދު ފަހަރު އަޅާނެ ދާއިމީ ބަނދަރެއް ނެތުމާއި ޑޮކް ޔާޑެއް ނެތުން ކަމުން އެކަމަށް ވެސް ވަރަށް އަވަހަށް ހައްލު ހޯދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އާންމު ރައްޔިތުންނެކޭ އެއްފަދައިން ސިފައިންނަށް ވެސް ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ ހުޅުމާލޭގައި ސިފައިންނަށް ހާއްސަކޮށް ތަރައްގީ ކުރާ "ސިފްކޯ ހިޔާ" ފްލެޓުތަކަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށާއި ފްލެޓުތަކުގެ މަސައްކަތް ނިމި މިއަހަރުގެ ތެރޭގައި އެތަނުގައި ދިރިއުޅެވޭވަރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ މިހާރު ގާއިމުކޮށްފައި ހުރި އޭރިޔާ ކޮމާންޑުތަކުގެ ހިދުމަތް ފުޅާކޮށް ރައްޔިތުންނާއި ވީހާވެސް ގާތުން ހިދުމަތް ދިނުމަށް ކޯސްޓުގާޑާއި ފަޔާ ހިމެނޭހެން އިތުރު އައުޓް ޕޯސްޓުތައް ގާއިމުކުރާނެ ކަމަށެވެ.

ހިޔާލު