Mi aharu BML Internship 15 meehakah
image
މި އަހަރު ބީއެމްއެލް އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވި ކުދިންނާއި އެކު ބީއެމްއެލްގެ އިސް ވެރިން.
0 ކޮމެންޓް
 

މި އަހަރު ބީއެމްއެލް އިންޓާންޝިޕް 15 މީހަކަށް

ގައުމީ ބޭންކް، ބީއެމްއެލްގެ މިއަހަރުގެ އިންޓާންޝިޕް ޕްރޮގްރާމްގެ ދަށުން 15 މީހަކަށް ފުރުސަތު ދީފި އެވެ.
ޗަންޕާ ސެންޓްރަލް ހޮޓަލުގައި ރޭ ބޭއްވި ޖަލްސާގައި އަލަށް 15 މީހަކަށް އިންޓާންޝިޕް ފުރުސަތު ދިން އިރު، މިދިޔަ އަހަރު އެ ޕްރޮގްރާމް ފުރިހަމަކުރި 14 މީހަކަށް ވަނީ އެކަމުގެ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.

އެއް އަހަރު ދުވަހަށް ކުރިއަށް ގެންދާ ބީއެމްއެލް އިންޓާޝިޕް ޕްރޮގްރާމް އަކީ މަތީ ތައުލީމް ހާސިލްކުރާ ކުދިންނަށް ވަޒީފާގެ ތަޖުރިބާ ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމެކެވެ.

އެ ރަސްމިއްޔާތުގައި ބީއެމްއެލް ހިންގުމާ ހަވާލުވެ ހުންނެވި އައިޝަތު ނޫރައްދީން ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް، ތަޖުރިބާކާރުންގެ އެހީތެރިކަމާއި އެކު ބޭންކިން ދާއިރާގެ އަމަލީ މައިދާނުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިގެން ދާނެ ކަމަށެވެ. އަދި އެ ވަނަ އަހަރަކަށް މި ޕްރޮގްރާމް ފެށިގެން ދިއުމަކީ ބޭންކަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްގެ އިންޓާންޝިޕް ޕްރޮގްރާމްގެ ތެރެއިން ކޮންމެ ބައިވެރިއަކަށް ބޭންކުގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ. އެގޮތުން ތަފާތު މަސައްކަތްތައް ތަޖުރިބާކޮށް، އެ ޕްރޮގްރާމް ކާމިޔާބުކަމާއި އެކު ނިންމާ ކުދިންނަށް، ބީއެމްއެލްގެ ދާއިމީ ވަޒީފާ އަށް ކުރިމަތިލުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.
ހިޔާލު