Furathama quarter gai STO ah 103 million ruffiya ge faidha eh
image
ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 103 މިލިއަން ރުފިޔާގެ ފައިދާއެއް
އަހުމަދު
0 ކޮމެންޓް
 

ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 103 މިލިއަން ރުފިޔާގެ ފައިދާއެއް

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯ އަށް 103 މިލިއަން ރުފިޔާ ފައިދާއެއް ލިބިފައިވާކަމަށް އެކުންފުނީގެ ކުއަޓަލީ ރިޕޯޓުން ދައްކައިފިއެވެ.
ރިޕޯޓްގައި ބުނެފައިވާ ގޮތުން މިއަހަރު ލިބުނު ފައިދާއަކީ މިދިޔަ އަހަރު ލިބުނު ފައިދާއަށް ވުރެ 58 އިންސައްތަ ބޮޑު ފައިދާ އެކެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް 103 މިލިއަން ރުޔިޔާގެ ފައިދާއެއް ލިބިފައިވާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 46 މިލިއަން ރުފިޔާގެ ފައިދާ އެކެވެ. އެހެން ކަމުން މިދިޔަ އަހަރަށް ވުރެ މިއަހަރުވަނީ 57 މިލިއަން ރުފިޔާ އިތުރު ވެފައެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯ އިން 2.3 ބިލިއަން ރުފިޔާގެ ވިޔަފާރި ކޮށްފައިވާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ކޮށްފައިވަނީ 2.2 ބިލިއަން ރުފިޔާގެ ވިޔަފާރި އެވެ.
އެސްޓީއޯ
ހިޔާލު