Yameen Rasheed ge maruge massalaige miadhuge adu ehun cancel
image
ޔާމީން ރަޝީދު--- ފޮޓޯ: ޗާލީ ސާބެއި
0 ކޮމެންޓް
 

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ މިއަދު އަޑުއެހުން ކެންސަލް

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް މިއަދު މެންދުރު 01:30 އަށް ކްރިމިނަލް ކޯޓުގައި ތާވަލް ކުރުމަށް ފަހު ކެންސަލްކޮށްފި އެވެ.
ޔާމީންގެ ދައްތަ އައިޝާ ރަޝީދު ކުރި ޓްވީޓެއްގައި ބުނީ އަޑުއެހުން ކެންސަލް ކުރިކަން އެންގީ މެންދުރު 01:30 ގައި ކޯޓަށް ދިޔުމުން ކަމަށެވެ.

އަޑުއެހުން ކެންސަލްކުރި ސަބަބެއް ކަމުގައި ކޯޓުން ބުނެފައި ވަނީ ދިފާއީ ވަކީލް ރަށުން ބޭރުގައި ހުރުމުންނެވެ. މި މައްސަލައިގެ އަޑުއެހުމެއް ނުބާއްވާތާ އެތައް މަހެއް ވަނީ ވެފައެވެ.
ޔާމީންގެ އާއިލާއިން ދަނީ މައްސަލައިގެ ތަހުގީގުގައި ހުރި މައްސަލަތައް ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ އިތުރުން ޝަރީއަތް ކުރިއަށްދާ ގޮތާ މެދުވެސް އާއިލާއިން ކަންބޮޑުވުން ފާޅު ކުރެ އެވެ.

މި މައްސަލައިގެ އަޑުއެހުންތައް އެންމެ ފުރަތަމަ ބާއްވާފައި ވަނީ ސިއްރުކޮށްގެންނެވެ. ޔާމީނުގެ އާއިލާއާއި ރައްޓެހިންގެ ޝަކުވާތަކަށްފަހު އަޑުއެހުންތައް ހުޅުވާލައިގެން ބާއްވަން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

2017 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހު ޔާމީން ދިރިއުޅޭ ގޭ ސިޑި ކުރިމަތީގައި އޭނާއަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ހަތް މީހެއްގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ.

ހިޔާލު