Rahat Fateh Ali Khan, faahaga kohlevey muslim lava kiyuntherieh!
image
ރާހަތު ފަތޭ އަލީ ހާން --
0 ކޮމެންޓް
 

ރާހަތު ފަތޭ އަލީ ހާން، ފާހަގަކޮށްލެވޭ މުސްލިމް ލަވަކިޔުންތެރިއެއް!

ރާހަތު ފަތޭ އަލީ ހާނަކީ 1974 އަހަރު އުފަން،ވި ޕާކިސްތާނަށް ނިސްބަތްވާ ލަވަ ކިޔުންތެރިއެކެވެ. މުސްލިމް އާއިލާ އަކަށް ނިސްބަތްވާ ރާހަތު ފަތޭ އަލީ ހާނަކީ ބޮލީވުޑުގެ ގިނަ ލަވަތަކެއް ހުށަހަޅާދީފައިވާ ފަންނާނެކެވެ.
އުމުރުން 44 އަހަރުގެ ރާހަތު ފަތޭ ހާނު ވަނީ ގިނަ އިސްލާމިކް ވީޑިއޯތައް ހަދާފައެވެ. އޭނާ ވަނީ މީގެ ކުރިން އުމްރާ އަށް ވެސް ގޮސްފައެވެ. ކަޝްމީރުގެ އިންޑިއާ ފަޅީގައި ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންގެ ޖަމާއަތަކުން ދިން ހަމަލާގައި އިންޑިއާގެ 44 ސިފައިންގެ މީހަކު މަރުވެފައިވާތީ ޕާކިސްތާނަށް ނިސްބަތްވާ ފިލްމީ ތަރިންނަށް ބޮލީވުޑުން ފުރުސަތު ނުދޭން ނިންމައިފައިވާއިރު އެކަމާ ގުޅިގެން ރާހަތު ފަތޭ އަލީ ހާނުގެ ސަޕޯޓަރުންނަށް ލިބިގެން ދިޔައީ ހިތްދަތި ކަމެކެވެ.

ބޮލީވުޑު ފިލްމަކުން ރާހަތުގެ އަޑު އިވޭނެ ދުވަހެއްގައި އޭނާގެ ސަޕޯޓަރުން ތިބިއިރު އޭނާ ވަނީ ބޮލީވުޑު ގިނަ ފިލްމުތަކަކަށް ލަވަ ކިޔައިދީފައެވެ. ރާހަތު ފަތޭ އަލީ ހާނުގެ އަޑަކީ ބޮލީވުޑު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ އަޑެެވެ.

ރާހަތު ފަތޭ އަލީ ހާނު ކިޔާފައިވާ ބައެއް ލަވަތަކުގެ ތެރޭގައި "ތެރެ ބިން" އާއި "ތޭރީ މޭރީ" އާއި "މެރި ރަޗްކޭ" އާއި "މޭ ޖަހާން ރަހޫން" އާއި "ސުރިލި އަކްއިއޯ ވާލޭ" އާއި "ޖަގް ސޫނަ ސޫނަ ލަގޭ" އާއި "ޒަރޫރީ ތާ" އަދި "ތުމް ޖޯ އާއީ" ހިމެނެއެވެ.

ރާހަތު ފަތޭ އަލީ ހާނު ވަނީ އަމިއްލަ ގިނަ ލަވަ އަލްބަމް ތައް ވެސް ނެރެފައެވެ. އޭގެ ތެރޭގައި "ބެކް ޓު ލަވް" އާއި "ކޮއި އުންމީދު" އާއި "ރާހަތު" އަދި "ނަޒްރާނާ އީ އަގީދަތު" ހިމެނެއެވެ. ރާހަތު ފަތޭ އަލީ ހާނު ކައިވެނިކޮށްފައިވަނީ 2001 ވަނަ އަހަރުއެވެ. އޭނާގެ ފިރިހެން ދަރިއަކު ހުރެއެވެ.
ހިޔާލު