Mathindhaa botehgai hulhu hifai 41 meehun maruvejje
image
ގުފްތަގު އަޖީރު
0 ކޮމެންޓް
 

ރަޝިޔާގައި މަތިންދާ ބޯޓެއްގައި ހުޅު ހިފައި 41 މީހުން މަރުވެއްޖެ

ރަޝިޔާގައި މަތިންދާ ބޯޓެއްގައި ހުޅު ހިފައި 41 މީހުން މަރުވެއްޖެއެވެ.
މޮސްކޯ އެއާޕޯޓުގައި މިރޭ ހިނގި މި ހާދިސާގައި ފަސް މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. މި ހާދިސާ އިނގިއިރު ބޯޓުގައި 73 ޕަސަންޖަރުންނާ ފަސް ކުރޫއިން ތިއްބެވެ.

ރަޝިޔާގެ "ސުޕަޖެޓް 100" މަރުކާގެ SU1492 ފްލައިޓުގައެވެ. ހާދިސާ ހިނގީ މޮސްކޯއިން ފުރައިގެން ރަޝިޔާގެ ސިޓީއެއް ކަމަށްވާ މުރުމަންސްކް އަށް ފްލައިޓް ނައްޓާލި ވަގުތުއެވެ. އަލިފާން ހިފުމުން ފްލައިޓު ވަނީ އަލުން އަނބުރާ އެއާޕޯޓުގައި ޖައްސާފައެވެ.

މަރުވި މީހުންގެ ތެރޭގައި ދެ ކުޑަކުދިން ވެސް ހިމެނެވެ. 37 މީހުން ސަލާމަތް ވިއެވެ.

ބޯޓުގައި އަލިފާން ހިފި ވަގުތު އެ ބޯޓުގައި ތިބި ބައެއް މީހުން ވަނީ ވީޑިއޯ ކޮށްފައެވެ. އަދި ބައެއް ވީޑިއޯތައް މިހާރު އަންނަނީ މީޑިއާތަކުގައި ދައުރުވަމުންނެވެ.ބޯޓުގެ މައްސަލަ ރަޝިޔާ ސަރުކާރުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި އެގައުމުގެ ރައީސް ވްލެޑްމިއާ ޕޫޓިން ވަނީ ބޯޓުގައި ހުޅުހިފި މައްސަލަ ވަރަށް ހަރުކަށިކޮށް ބަލާނެކަމަށް ވިދާޅުވެފައެވެ.ބޯޓު އަލުން ޖެއްސި ވަގުތު ގިނަބަޔަކު ވަނީ ވީޑިއޯކޮށްފައެވެ.
ރަޝިޔާ
ހިޔާލު