Roadha mahuge furathama dhuvas: ihumaalun mareh, magumathin feyrumeh, bodu vakkameh!
image
ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި ހަރަކާތެއްގެ ތެރެއިން-- ގައުމުގެ އަމާން ބެލެހެއްޓުމުގެ އެންމެ މުހިއްމު ދެ ތަނބު--
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

ރޯދަމަހުގެ ފުރަތަމަ ދުވަސް: އިހުމާލުން މަރެއް، މަގުމަތިން ފޭރުމެއް، ބޮޑު ވައްކަމެއް!

މުލަ ރޯދަ ދުވަހަށް އިރުއެރުމާއެކު އިވިގެންދިޔައީ ބަހެއް ދަށުވެ، ހުޅުމާލޭގައި މީހަކު މަރުވި ހަބަރެވެ. އެމްޓީސީސީން ބަހުގެ ހިދްމަތް ދިނުމަށް ބޭނުންކުރާ ބަހެއް ދަށުވެ، މަރުވެފައިވަނީ ޔޫކްރެއިންގެ 31 އަހަރުގެ އަންހެން ޓޫރިސްޓެކެވެ. އެ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއްކަމަށް މިހާތަނަށް ބެލެވިފައިވަނީ އެބަސް ދުއްވި ޑްރައިވަރަށް ނިދިގެން ކަމަށް ވެއެވެ. އެކްސިޑެންޓް ހިނގާފައިވަނީ މުލަރޯދަ ދުވަހުގެ ހެނދުނު 06:30 އެހާކަންހާއިރު، ހުޅުމާލެ ފިތުރޯނު މަގު، އެސްޓީއޯގެ ފިއުލްސަޕްލައި ކައިރިންނެވެ.
ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށްވާއިރު، ގިނަ އަމިއްލަ ކުންފުނިތައްވެސް ބަންދު ދުވަހެކެވެ. ބަންދުނުވާނީ 24 ގަޑި އިރު ހިދުމަތް ދޭންޖެހޭ، ސިއްހީ، ސެކިއުރިޓީ، ޓްރާންސްޕޯޓް އަދި އެއާޕޯޓް ކުންފުނިތައް ފަދަ ކުންފުނިތަކުގެ މުވައްޒަފުން ނަށެވެ. އެހެންކަމުން އަމިއްލަ ގިނަ އޮފީސްތައް ބަންދުވާނެކަމާއި މީހުން މަގުމަތީ އުޅޭނޫނޭ ގަޑިތައް "ވަގުން"ނަށް ވަރަށް ރަނގަޅަށް އެނގޭނެތާއެވެ. އާއްމުކޮށް ކޮންމެ ރޯދަމަހަކު ވައްކަމުގެ މައްސަލަތައް އިތުރުވެ އެވެ.

މި ރޯދަމަހުގެ ފުރަތަމަ ދުވަހު އިރުއެރީ އިހުލާމުން މީހެއް މަރުވި ހަބަރާއެކުގަ އެވެ. މެންދުރުވާން ދަނިކޮށް، އިވުނީ އޮފީހެއް ފަޅާލައިގެން ދެ ލައްކަ ރުފިޔާ ވަގަށް ނެގި ހަބަރެކެވެ.

ފުލުހުން ބުނީ އިންޓަނޭޝަނަލް ފުޑް ސޮލިއުޝަންގެ އޮފީހުން ވައްކަން ކޮށްފައިވަނީ އެ އޮފީހުގައި ހުރި ތިޖޫރީ ފަލާލައިގެންނެވެ. އެ ތިޖޫރީގައި 234،923 ރުފިޔާ ހުންނާނެ ކަމަށް އެ އޮފީހުގެ ވެރިންނާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ. އެ އޮފީހަށް ވަދެފައިވަނީ އޮފީހުގެ ތަޅު ހަލާކުކޮށްލައިގެން ކަމަށް ވެސް ފުލުހުން ބުނެއެވެ.

ވައްކަމުގެ އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ހެނދުނު 08:42 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން އެވައްކަންވެސް ކޮށްފައި އެވަނީ މީހުން މަގުމަތީ، ނުވަތަ މަސައްކަތު ނުކުމެ ނޫޅޭ ވަގުތު ބެލުމަށްފަހުގައި ކަމަށް ބެލެވެއެވެ.

ރޯދަ މަހުގެ ފުރަތަމަ ރޯދަ ވީއްލައިގެން ހަމަޖެހި ނުލައި އުޅެނިކޮށް ދެން އިވުނީ މަގުމަތިން ވަޅިން ބިރު ދައްކައި ފޭރެން މަސައްކަތް ކުރި ހަބަރެކެވެ.

ފުލުހުން ބުނީ ވަޅިން ބިރު ދައްކާ ބިދޭސީ ފިރިހެނެއްގެ އަތުން ފޭރެން މަސައްކަތް ކުރި ކަމުގެ ރިޕޯޓް ލިބިފައިވަނީ އިރުއޮއްސި 07:00 ޖަހާއެހާކަން ހާއިރު ކަމަށެވެ. މިކަމެއް ހިނގާފައިވަނީ ޝަހީދު އަލީ ހިނގުމާއި ފުލޫނިޔާ މަގާ ގުޅޭ ކަންމަތީގައި ކަމަށް ފުލުހުން ބުނެއެވެ.

އެ ބިދޭސީ މީހާ އަތުން ފޭރެން މަސައްކަތް ކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. ވަޅިން ބިރުދައްކާ ފޭރެން މަސައްކަތް ކުރަމުންދަނިކޮށް، އެތަނުގައި ތިބި ބަޔަކު ވަނީ ފޭރެން މަސައްކަތްކުރި މީހާއާ މާރާމާރީ ހިންގާފަ ކަމަށް ފުލުހުން ބުނެއެވެ.

އެއީ މުޅިންވެސް މާލެ ސިޓީގައި ހިނގާފައިވާ ބޮޑެތި މައްސަލަތަކެކެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ކުށުގެ ވެއްޓަށް ބަލާއިރު، ފުލުހުން ބުނީ ރޯދަ މަހުގެ ފުރަތަމަ ދުވަހު ވައްކަމުގެ އަށް މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

މާލެ ވަށާ ހަވީރު ފިނިބުރު ޖެހުމަށް ގިނަ ބަޔަކު ނިކުތުމުގެ ސަބަބުން ކޮންމެ ވެސް ވަރަކަށް ޓްރެފިކް ބާރުބޮޑުވެގެން ދިޔަނަމަވެސް، މާބޮޑެތި ޓްރެފިކް މައްސަލަތަކެއް ފެންމައްޗެއް ނުވެއެވެ. ބްރިޖާއި ބްރިޖާ ގުޅިފައިވާ މަގުތަކުގައި ޓްރެފިކް އެހާބާރު ބޮޑުވެގެން ނުދެއެވެ.
ހިޔާލު