Pakistan Luxury Hotel akah hamalaadheefi
image
ހަމަލާ އަމާޒުވި ޕާލް ކޮންޓިނެންޓަލް ހޮޓަލް.-- ފޮޓޯ: އޭއެފްޕީ
0 ކޮމެންޓް
 

ޕާކިސްތާނުގެ ލަގްޒަރީ ހޮޓަލަކަށް ހަމަލާދީފި

ޕާކިސްތާނުގެ ލަގްޒަރީ ހޮޓަލަކަށް ހަތިޔާރާ އެކު ބަޔަކު ވަދެ ބަޑީގެ ހަމަލާތަކެއް ދެމުން އަންނަ ކަމަށް މީޑިއާ ތަކުން ބުނެފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ހަތިޔާރު އަޅައިގެން ތިބި މީހުން ވަދެފައިވަނީ ޕާކިސްތާނުގެ ސުލްހަވެރި ސަރަހައްދެއްގެ ގޮތުގައި ފާހަގަ ކުރެވޭ ބަލޮޗިސްތާން ޕްރޮވިންސްގެ ގަވަދާގައި ހުންނަ ފަސް ތަރީގެ ހޮޓަލެއް ކަމަށްވާ ޕާލް ކޮންޓިނެންޓަލް ހޮޓަލަށެވެ. މީޑިއާ ތަކުން ބުނާގޮތުގައި ހޮޓަލަށް ހަތިޔާރާއި އެކު ވަދެފައިވާ މީހުންނާ، ސަލާމަތީ ބާރުތަކާ ދެމެދު އަދިވެސް އަންނަނީ ހަމަލާތައް ބަދަލު ކުރަމުންނެވެ.

އެ ހަމަލާގައި މިހާތަނަށް ހޮޓަލުން އެއް ގެސްޓަކު މަރުވެފައިވާ ކަމަށް ވެސް މީޑިއާ ތަކުން ބުނެ އެވެ. އޭގެ އިތުރުން އެ ހަމަލާގައި ގެސްޓަކު މަރުވި ކަމެއް ނުވަތަ އަނިޔާވެފައިވާ ކަމެއް ވެސް އަދި ސާފެއް ނުވެ އެވެ.

ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ވަނީ އެ ހޮޓަލުގައި ތިބި ގިނަ އަދަދެއްގެ ގެސްޓުން ސަލާމަތުން، ހޮޓަލުން ނެރެފަ އެވެ. އެކަމަކު ހަތިޔާރާ އެކު އެ މީހުން ވަދެ، ހަމަލާ ދޭން ފެށިއިރު އެ ހޮޓަލުގައި ތިބީ ކިތައް މީހުން ކަން އަދި ސާފުނުވާ ކަމަށް ސަލާމަތީ ބާރުތަކާ ހަވާލާދީ މީޑިއާތަކުން ބުނެ އެވެ.

ހަމަލާދިން ހޮޓާ ހުންނަ ސަރަހައްދަކީ ޕާކިސްތާނުގައި ޗައިނާ އިން މަލްޓި ބިލިޔަން ޑޮލަރުގެ މަޝްރޫއުގެ ހިންގާ ސަރަހައްދެކެވެ. އަދި އެ ހަމަލާ އަކީ، ޗައިނާ އާއި ފޮރިން އިންވެސްޓަރުންނަށް އަމާޒުކޮށް ދޭ ހަމަލާ އެއް ކަމަށް ބުނެ ބަލޮޗިސްތާން ލިބަރޭޝަން އާމީން ވަނީ ޒިންމާ އުފުލާފަ އެވެ. ބަލޮޗިސްތާން ލިބަރޭޝަން އާމީން ބުނާގޮތުގައި އެ ސަރަހައްދުގައި ޗައިނާ އިން ހިންގާ ޕްރޮޖެކްޓްތަކުން ޕާކިސްތާނުގެ އާންމުންނަށް އެއްވެސް ފައިދާ އެއް ނުކުރެ އެވެ.
ޗައިނާ ޕާކިސްތާން
ހިޔާލު