Futsal aa hedhi Raajjeyge football othee halaaku vegen gosfa: Mahloof
image
މިނިސްޓަރު މަހުލޫފު -- ފޮޓޯ: މިހާރު
ފައުޒާ މުޙައްމަދު
1 ކޮމެންޓް
 

ފުޓްސެލާ ހެދި ރާއްޖޭގެ ފުޓްބޯޅަ އޮތީ ހަލާކުވެގެން ގޮސްފައި: މަހްލޫފު

ފުޓްސެލާ ހެދި ރާއްޖޭގެ ފުޓުބޯޅަ އޮތީ ހަލާކުވެގެން ގޮސްފައި ކަމަށާއި އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު މިއަދު ވިދާޅުވެއްޖެ އެވެ. 
މިއަދު ހެނދުނު ޔޫތު މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މަހްލޫފު ވިދާޅުވީ ވީހާވެސް ގިނަ ރަށްރަށުގައި ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމަކީ ރިޔާސީ ވައުދެއް ކަމަށެވެ.

"ރައީސުލްޖުމްހުރިއްޔާ ރިޔާސީ އިންތިހާބު ތެރޭގައި ވެވަޑައިގެންނެވި އެއް ވައުދެއް އެއީ ވީހާވެސް ގިނަ ރަށްރަށުގައި ފުޓުބޯޅަ ދަނޑު ތަރައްގީ ކުރުން. ހަގީގަތުގައި ފުޓްސެލް އާ ހެދި ރާއްޖޭގެ ފުޓުބޯޅަ އެއޮތީ ހަލާކު ވެގެން ގޮސްފައި،" މަހުލޫފު ވިދާޅުވިއެވެ. 

ރަށްރަށުގައި ބޮޑެތި ދަނޑުތަކުގައި ބޯޅަ ކުޅޭ މަންޒަރު މިހާރު ފެނިގެންދަނީ ވަރަށް މަދުން ކަމަށާއި ދަނޑުތައް އޮތީ ހަލާކުވެ، ހަނަފަސްވެފައި ކަމަށާއި، ފެންނަނީ ދަނޑުތައް ޖަންގައްޔަށް ވެފައި ހުރި މަންޒަރު ކަމަށް މަހްލޫފު ވިދާޅުވި އެވެ. 

ޔޫތު މިނިސްޓަރު ވިދާޅުވީ ބޮޑެތި ދަނޑުތައް ހެދުމުގެ މަސައްކަތް ފަށަމުންދާ ކަމަށާއި އެގޮތުން އަލިފުއްޓާއި ނިލަންދޫގައި ސަބްބޭސްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މި މަސައްކަތްތަކަށް ބޭނުންވާ ސާމާނު ހޯދަން ވާނީ އިއުލާންކޮށްފައި ކަމަށ ވެސް ވިދާޅުވި އެވެ. 

އޭގެ އިތުރުން ސްޓޭޓް ޓްރޭޑިން އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ޖަމާއަތަށް ހިދުމަތް ކުރުމުގެ ޒިންމާ (ސީއެސްއާރް) ގެ ދަށުން ތ. އަތޮޅު ވިލުފުށީގައި ޓާފް އަޅާފައިވާ ކަމަށާއި އެތަނުގައި ވެސް ސަސްބޭސްގެ މަސައްކަތް ކުރަން ހަމަޖެހިފައިވާކަން މަހްލޫފު އިއުލާން ކުރެއްވި އެވެ.

ހަމައެހެންމެ 10 ބޮޑު ދަނޑެއް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން ކުރިން ފާހަގަ ކުރި ރަށްތަކުގެ އިތުރުން ޖުމަލަ 20 ދަނޑެއް ހެދުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް މަހުލޫފު ވަނީ ވިދާޅުވެފައެވެ.
ހިޔާލު

އަޙްމަދު

ރާއްޖޭގެ ފުޓްބޯލަ ޙަލަކުކޮށްލީ ސިޔާސި ދެއުޅިއެއްނުވާ މީހުން!