Asia Bodybuilding mubaaraaiy Raajjeyga beyvumuge ummeedhu bodu: Mahloof
image
2017 ވަނަ އަހަރުގެ އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕް. މި މުބާރާތުން ރަން މެޑަލް ހޯދީ ދިވެހިރާއްޖޭގެ ޝާހީން އިބްރާހިމް ދީދީ---ފައިލް ފޮޓޯ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އޭޝިއާ ބޮޑީބިލްޑިން މުބާރާތް ރާއްޖޭގައި ބޭއްވުމުގެ އުއްމީދު ބޮޑު: މަހްލޫފް

ގާތްގަނޑަކަށް 400 ބޮޑީބިލްޑަރުންނާއެކު އަންނަ އަހަރުގެ އޭޝިއާ ބޮޑީބިލްޑިން މުބާރާތް ރާއްޖޭގައި ބޭއްވުމަށް އުންމީދު ކުރައްވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
މިއަދު ހެނދުނު ޔޫތު މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މަހްލޫފު ވިދާޅުވީ ދާދި ފަހުން އޭޝިއާ ބޮޑީބިލްޑިން ފެޑެރޭޝަންގެ ރައީސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށްފަހު 2019 ވަނަ އަހަރުގެ އޭޝިއާ ބޮޑީބިލްޑިން މުބާރާތް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. 

އެގޮތުން މިއަހަރު ތެރޭގައި އެކަމަށް އެދި ރަސްމީކޮށް ހުށަހަޅާނެ ކަމަށާއި އެ ފުރުސަތު ރާއްޖެ އަށް ލިބޭނެ ކަމާ މެދު އުއްމީދު ބޮޑު ކަމަށް ވެސް މަހްލޫފު ވިދާޅުވި އެވެ. 

"އަޅުގަނޑަށް ވަރަށް އުން މީދު އެބައޮތް އަންނަ އަހަރަު އެކަން ކުރެވޭނެ ކަމަށް، އަދި އެކަން ކުރެވެންޏާ އެކަން ކުރާނީ އިދާރަކުރެއްވިއްޔާ ރާއްޖެހެ ކޮންމެސް އެހެން ރަށެއްގައި، މާލޭގައެއް ނޫން" މަހުލޫފު ވިދާޅުވިއެވެ. 

އޭޝިއާ ބޮޑީބިލްޑިން ފެޑެރޭޝަންގެ ރައީސް ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ ވެސް މަހުލޫފެވެ. އެ ފެޑެރޭޝަންގެ ރައީސް ވަނީ ގައުމީ ބޮޑީބިލްޑިން ޖަޖުންގެ ކޯހުގެ ބައިވެރިންނާ ވެސް ބައްދަލުކުރައްވާފަ އެވެ.
ހިޔާލު