CNM Badhige: Carrot Cake
image
0 ކޮމެންޓް
 

ސީއެންއެމް ބަދިގެ: ކެރެޓް ކޭކް

ބޭނުންވާ ތަކެތި
ކޭކް ތައްޔާރުކުރުމަށް


 • ތަވާ ތައްޔާރުކުރުމަށް ބަޓަރ އަދި ފުށް

 • 3/2 ޖޯޑް ފުށް

 • 2/1 ޖޯޑް މުގުރާފައި ހުރި ހަކުރު

 • 1 ސައިސަމްސާ ބޭކިންގ ސޮޑާ

 • 4/3 ސައިސަމްސާ ބޭކިންގ ސޮޑާ

 • 1 ސައިސަމްސާ މުގުރާފައިހުރި ފޮނިތޮށި

 • 4/1 ސައިސަމްސާ މުގުރާފައި ހުރި ކަރަންފޫ

 • 4/1 ސައިސަމްސާ މުގުރާފައިހުރި އޯލްސްޕައިސް

 • 4/1 ސައިސަމްސާ ލޮނު

 • 3/1 ޖޯޑް ތެޔޮ

 • 2 ބިސް

 • 1 ޖޯޑް ކޮށާފައިހުރި ވޯލްނަޓް

 • 2/1 ޖޯޑް ކޮށާފައި، ފެންގަނޑުން ވަކިކޮށްފައިހުރި އަލަނާސި

 • 1 ޖޯޑް ގާނާފައިހުރި ކެރޮޓް (ގާތްގަނޑަކަށް ބޮޑު އެއް ކެރޮޓް)


ކްރީމް ޗީޒް ތައްޔާރުކުރުމަށް


 • 1 ޖޯޑް ކްރީމް ޗީޒް

 • 6 މޭޒުމަތީ ސަމްސާ ބަޓަރ

 • 1 މޭޒުމަތީ ސަމްސާ ވެނީލާ އެސެންސް

 • 4/3 1 ޖޯޑް ކޮންފެޝަނާސް ޝުގަރތައްޔާރުކުރާނެ ގޮތް


350 ޑިގްރީ ފެރެންހައިޓަށް އަވަން ޖައްސާލާށެވެ. 

5/9 އިންޗި ނުވަތަ 2/1 4 2/1 8 އިންޗި ޓްރޭއެއް ތައްޔާރުކޮށްލާށެވެ. އަދި ބަޓަރ ހާކާލާށެވެ.

އެއަށްފަހު ޓްރޭގެ މައްޗަށް ފުށްކޮޅެއް ބުރުވާލާށެވެ.

ތައްޓެއްގެތެރޭގައި ފުށް، ހަކުރު، ބޭކިންގ ސޮޑާ، ބޭކިންގ ޕައުޑަރ، އޯލްސްޕައިސް އަދި ލޮނު އަޅާލުމަށްފަހު ވަރަށް ރަގަޅަށް އެއްކޮށްލާށެވެ. އަދި ފުރާނާލުމަށްފަހު އެހެން ތައްޓަކަށް އަޅާލާށެވެ. ހުރިހައި އެއްޗެއް ހުރީ ރަގަޅަށް އެއްވެފައިތޯ ޔަގީންކުރަންވާނެއެވެ. އެއަށްފަހު އިތުރު ތައްޓެއްގެ ތެރެއަށް ތެޔޮ އަދި ބިސް އެޅުމަށްފަހު ރަގަޅަށް އެއްކޮށްލާށެވެ. އަދި ތައްޔާރުކުރި ފުށް މިކްސްޗަރ މަޑުމަޑުން އަޅަމުން އެއްކޮށްލާށެވެ. ދެން އަޅާނީ ވޯލްނަޓް، އަލަނާސި އަދި ކެރޮޓްއެވެ. އަނެއްކާވެސް ރަގަޅަށް އެއްކޮށްލާށެވެ. ދެން ކުރިން ތައްޔާރުކުރި ޓްރޭގެ ތެރެއަށް އަޅާލުމަށްފަހު، ދޭފަތެއް ކަހަލަ އެއްޗެއް ބޭނުންކޮށްގެން ރަގަޅަށް އޮމާންކޮށްލާށެވެ.

50 މިނެޓް ވަންދެން ކޭކް ފިހެލާށެވެ. ކޭކް ރަގަޅަށް ފިހެވިފައިތޯ ބެލުމަށް އިލޮއްޓެއް ކަހަލަ އެއްޗެއް ހަރާލާފައި ބަލައިލެވިދާނެއެވެ. ރަގަޅަށް ފިހެވުމުން އަވަންއިން ކޭކް ނެގުމަށްފަހު ހިހޫކޮށްލާށެވެ.

ކޭކް ހިހޫކޮށްލުމަށް ބެހެއްޓުމަށްފަހު ކްރީމް ޗީޒް ފްރޮސްޓިން ތައްޔާރުކުރާނީއެވެ. ތައްޓެއްގެ ތެރެއަށް ކްރީމްޗީޒް، ބަޓަރ، ވެނީލާ އެސެންސް އަދި ހަކުރު އެޅުމަށްފަހު އެއްކޮށްލާށެވެ. އެއަށްފަހު މިކްސަރއެއްގެ ތެރެއަށް އަޅާލުމަށްފަހު 10ވަރަކަށް މިނެޓްވަންދެން ރަގަޅަށް ހިމުންވަންދެން އެއްކުރާށެވެ. އެއަށްފަހު ކޭކް މަތީގައި މިބައި ފަތުރާލުމުން ކެރޮޓް ކޭކް ފުރިހަމަކުރެވުނީއެވެ.
ހިޔާލު