Dhuniyeyge enme reethi Miskiythah: 2 vana Al Masjid an Nabawi ah
image
މަސްޖިދުލް ނަބަވީ--
މާއިދާ މުހައްމަދު ރަޝާދު
3 ކޮމެންޓް
 

ދުނިޔޭގެ އެންމެ ރީތި މިސްކިތްތައް: ދެވަނަ މަސްޖިދުލް ނަބަވީއަށް!

މި ރޯދަ މަހު ސީއެންއެމް އިން ގެނެސްދެމުން އަންނަ "ދުނިޔޭގެ އެންމެ ރީތި މިސްކިތްތައް" މި ސެގްމެންޓުގެ ދެވަނައަށް ހޮވިފައި ވަނީ ސައުދީ އަރަބިއްޔާގެ މަދީނާގައި ހުންނަ އަލް މަސްޖިދް އަލް ނަބަވީ އެވެ.
މިއީ ކީރިތި ރަސޫލާ ބިނާ ކުރެއްވި މިސްކިތެކެވެ. ހަރަމްފުޅަށް ފަހު ދުނިޔެ މަތީގައި ހުރި އެންމެ މާތް އެއް މިސްކިތަކީ މަސްޖިދުލް ނަބަވީ ކަމަށްވާއިރު ހައްޖާ އުމްރާގެ އަޅުކަން ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މައްކާއަށް ޒިޔާރާތް ކުރާ ފަރާތްތަކުން މި މިސްކިތައް ގޮސް ހަދައެވެ.

އޭގެ އިތުރުން ތާރިހުން އެނގޭ ގޮތުގައި މި މިސްކިތަކީ ދުނިޔޭގައި ދެވަނައަށް ބިނާކުރި މިސްކިތެވެ. އަދި ހަރަމްފުޅަށް ފަހު ދުނިޔޭގެ އެންމެ ބޮޑު މިސްކިތުގެ ފަހުރުވެސް ހޯދާފައިވާ މި މިސްކިތުގައި އެންމެ ހާއްސައީ "ފެހި ގުއްބު" އެވެ. އެއީ ކީރިތި ރަސޫލާ (ސ) ގެ ހަށިކޮޅު ފަސްދާނުލެވިފައި ތަނެވެ. "ފެހި ގުއްބު"ގެ ނަމުން އެތަން މަޝްހޫރުވީ 1837 ވަނަ އަހަރު ގުއްބު ތައްޔާރުކުރުމަށް ފަހު އޭގައި ފެހި ކުލަ ލުމާއި ގުޅިގެންނެވެ. އެ ސަބަބާއި ހުރެ މިސްކިތަށް ޒިޔާރާތް ކުރާ ކޮންމެ ބަޔަކު ވެސް އެތަން ބަލާލަން ބޭނުންވެއެވެ.


- މިސްކިތުގެ ފެހި ގުއްބު

މިސްކިތް ފަރުމާކޮށްފައިވާ ގޮތަށް ބަލާލިޔަސް މިއީ ހިތް ގައިމު ރީތި މިސްކިތެކެވެ.

">
ހިޔާލު

ޝުއައިބު

ހިޖުރައިގެ ދަތުރުގައި ގުބާގައި މަޑުކުރެއްވިއިރު ގުބާގައި ބިނާކުރި މިސްކިތް ނޫންބާ މަސްޖިދުއް ނަބަވީގެ ކުރިން ބިނާ ކުރީ...؟؟

ޙާމިދު

ދުނިޔޭގައި ދެވަނައަށް ބިނާކުރެވުނު މިސްކިތަކީ މަސްޖިދުއް ނަބަވީއެއް ނޫން. މަސްޖިދުލް އަޤްޞާ

ާއަލީ

ދެން އެހެންވީއިރު މަސްޖިދުލް އަގްސާ ބިނާކުރެވުނީ މާފަހުން ތާ