CNM Badhige: Oven Baked Chicken Rice
image
0 ކޮމެންޓް
 

ސީއެންއެމް ބަދިގެ: އަވަން ބޭކްޑް ޗިކަން ރައިސް

ތިރީގައި މިވަނީ އަވަން ބޭކްޑް ޗިކަން ރައިސް ތައްޔާރު ކުރާނެ ގޮތެވެ.
ބޭނުންވާ ތަކެތި • 5 ކުކުޅުގެ ތައި ފިލެޓްސް (ކަށިގަނޑާއެކު، އެހެންނަމަވެސް ހަން ނޮޅާލާފައި)

 • 1 ފިޔާ (ކުދިކުދިކޮށް ކޮށާލާފައި)

 • 2 ލޮނުމެދު ބޮޑެތި (ކުދިކޮށް ކޮށާލާފައި)

 • 2 މޭޒުމަތީ ސަމްސާ/ 30ގ ބަޓަރ ނުވަތަ އޮލިވް އޮއިލް

 • 2/1 1 ޖޯޑް ނުވަތަ 270ގ ބާސްމަތީ ބަތް

 • 2/1 1 ޖޯޑް ނުވަތަ 375 މިލިލީޓަރ ޗިކެން ބްރޮތް

 • 4/1 1 ޖޯޑް ނުވަތަ 312 މިލިލީޓަރ ހޫނު ފެން


ޗިކެން ރަބް ތައްޔާރުކުރުމަށް


 • 1 ސައިސަމްސާ ޕެޕަރިކާ ޕައުޑަރ

 • 1 ސައިސަމްސާ ޑްރައިޑް ތައިމް

 • 2/1 ސައިސަމްސާ ގާނާފައި ހުރި ލޮނުމެދު

 • 2/1 ސައިސަމްސާ ފިޔާ (ގާނާފައި)

 • 4/3 ސައިސަމްސާ ލޮނު

 • އަސޭމިރުސް


ގާނިޝްކޮށްލަން ބޭނުންވާ ނަމަ:

ތައިމް ލީފް ނުވަތަ ކުދިކޮށް ކޮށާފައި ހުރި ޕާސްލޭ ބޭނުންކުރެވިދާނެއެވެ.

ތައްޔާރު ކުރާނެ ގޮތް

އަވަން  ހޫނުކޮށްލުމަށްޓަކައި 180ºC /350ºF އަށް އަވަން ޖައްސާލާށެވެ. 15*10 – 35*35 ހުންނަވަރުގެ ޓްރޭއެއްގެ ތެރެއަށް ފިޔާ އަދި ލޮނުމެދު އަޅާލާށެވެ. އެއަށްފަހު އޭގެ މެދަށް ބަޓަރ އަޅާލާށެވެ. ދެން 15މިނެޓް ވަންދެން ފިހެލާށެވެ. (12 މިނެޓްވުމުން ފިހެވިފައި ވޭތޯ ބަލަންވާނެއެވެ) ބައެއް އެތިކޮޅުކޮޅު އަނދާގޮތްވާނަމަ އެއްކޮށްލާށެވެ.

ޗިކަން ރަބް ތައްޔާރުކުރުމަށް ބޭނުންވާ ހުރިހައި އެއްޗެއް އެއްކޮށްލާށެވެ. އެއަށްފަހު ކުކުޅުގެ ދެފުށުގައި އެބައި ހާކާލާށެވެ.  

އަވަން އިން ޓްރޭ ނެގުމަށްފަހު އޭގެތެރެއަށް ބާސްމަތީރައިސް އަޅާލުމަށްފަހު އެއްކޮށްލާށެވެ. އެއަށްފަހު އޭގެ މަތީގައި ކުކުޅުތައް އަތުރާލާށެވެ. ދެން ކުކުޅުތައް ވަށައިގެން ޗިކަން ބްރޮތް އަދި ފެން އަޅާލާށެވެ.

ދެން ފޮއިލްގައި ބަންދުކޮށްލުމަށްފަހު 30 މިނެޓްވަންދެން ފިހެލާށެވެ. ދެން ފޮއިލްގަނޑު ނައްޓުވާލާފައި ބޭނުންނަމަ، ތެޔޮފޮދެއް ކުކުޅުގެ މައްޗަށް ބުރުވާލާށެވެ. އެއަށްފަހު އިތުރު 20 މިނެޓް ފިހެލާށެވެ.

ރަގަޅަށް ފިހެވުމުން 5 މިނެޓް ވަންދެން ބަހައްޓާށެވެ. އެއަށްފަހު އޭގެތެރެއިން ކުކުޅު ނެގުމަށްފަހު ބަތްތައް ހަލުވާލާށެވެ. ދެން ބޭނުންނަމަ، ޕާސްލޭ ބޭނުންކޮށްގެން ގާނިޝް ކޮށްލާށެވެ.
ހިޔާލު