Islam dheen gabool kurumun party inn vakivaan jehunu France ge zuvaanaa ge vaahaka
image
މެކްސެންސް ބަޓީ---
0 ކޮމެންޓް
 

އިސްލާމްދީން ގަބޫލުކުރުމުން ޕާޓީން ވަކިވާން ޖެހުނު ފްރާންސްގެ ޒުވާނާގެ ވާހަކަ

މެކްސެންސް ބަޓީ އަކީ އާދައިގެ މުސްލިމެއް ނޫނެވެ. އުމުރުން އެންމެ 27 އަހަރުގައި އޭނާއަކީ ފްރާންސްގެ ސިޔާސީ ދާއިރާގައި ފާހަގަކޮށްލެވޭ މީހެކެވެ. މާޗް 2014 ގައި އޭނާ ވަނީ ނޮއިޒީ ލެ ގްރާންޑް އަވަށުގެ 60،000 މީހުން ތަމްސީލް ކުރަން ނޭޝަނަލް ފްރަންޓް ޕާޓީގެ ޓިކެޓުގައި އިންތިހާބުވެފަ އެވެ. 
އޭގެ މަސްތަކެއް ފަހުން ބަޓީ ވަނީ އޭނާ އިސްލާމްދީން ގަބޫލުކުރިކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ. އަދި އެއާއެކު ނޭޝަނަލް ފްރަންޓް ޕާޓީން ވަކިވާން ޕާޓީގެ ލީޑަޝިޕުން މަޖުބޫރު ކުރިވި އެވެ. 

"އަހަރެން ގަބޫލުކުރަނީ މިގައުމަށް ހިޖުރަ ކުރާ މީހުން ގަބޫލުކުރާ ކަލާނގެ. އަހަރެން އުފަންވީ ކެތޮލިކް ކްރިސްޓިއަނެއްގެ ގޮތުގައި. އެކަމަކު ބައިބަލް ކިޔަމުންދާއިރު އަބަދުވެސް އޭގައި ހުންނަ މައްސަލަތައް ފާހަގަވޭ. އެކަމަކު ގުރުއާން އެއްކޮށް ކިޔުމުން އަހަންނަށް ސާފުވި މި ދީނަކީ މާ ފުޅާ، މާ ހުޅުވިފައިވާ ދީނެއްކަން،" އޭނާ ބުނެފައި ވެއެވެ. 

ބަޓީގެ އާއިލާ މީހުންނާއި، ގާތް އެހެން ކެތޮލިކް ކްރިސްޓިއަނުންނާއި، ނޭޝަނަލް ފްރަންޓް ޕާޓީއަށް، އޭނާ އިސްލާމްދީނާ މެދު ގަޔާވާ ސަބަބު ދެނެގަންނަން އުނދަގޫވި އެވެ. ބަޓީ ބުނެފައި ވަނީ އޭނާގެ މައިންބަފައިން އޭނާ އިސްލާމްވުމުން ހިތްހަމަނުޖެހޭތީ ވަރަށް ދެރަވާ ކަމަށެވެ. 

"އެމީހުންނަށް މިއީ ދެފަހަރަށް ބޭވަފާތެރިވުން ކަހަލަ ކަމެއް، ދީނާއި ޕާޓީވެސް ދޫކޮށްފައި. އަހަރެންގެ މަންމަމެންނަކީ އެ ޕާޓީން ގަބޫލުކުރާ ހިޖުރާ ކުރާ މީހުންނާ ދެކޮޅު ސިޔާސަތު ވަރަށް ޕްރޮމޯޓު ކުރާ ބައެއް،" ބަޓީ ބުނެފައި ވެއެވެ. 


ބަޓީ ބުނީ އެޕާޓީގެ މައިގަނޑު ސިޔާސަތަކީ ހުރިހާ ހިޖުރާ ކުރާ މީހުން ބޭރު ކުރުން ކަމަށާއި، އެކަމާ މެދު އޭނާ އަބަދުވެސް ފިކުރު ކުރި ކަމަށެވެ. އެގޮތަށް އުޅުމުގެ ތެރޭގައި ޔަހޫދީއަކާއި މުސްލިމަކާ ބައްދަލުވި އެވެ. 

"މުސްލިމު މީހާ އިސްލާމްދީނާ މެދު ދެކުނީ ވަރަށް ސައިންޓިފިކް އަދި ޝައުގުވެރި ނަޒަރަކުން. އެހެންވެ އަހަރެންގެ ޝައުގުވެސް ޖެހުނީ". 

"އިސްލާމްދީނަކީ ކޮމްޕިއުޓަރު ޕްރޮގްރާމެއްގެ އެންމެ ފަހު އަޕްގްރޭޑް ކަހަލަ އެއްޗެއް. އެ ޕްރޮގްރާމުގެ އެންމެ ފަހުގެ ވާޝަން. އެއީ ކުރިން އައިސްފައިވާ ހުރިހާ އެއްޗެއް ގަބޫލުކުރުން (ފޮތް ބާއްވާލެއްވި ދީންތައް)،"  ބަޓީ ދެކޭ ގޮތް ހާމަކޮށްފައިވެއެވެ. 

"އަހަންނަށް ވޯޓުދިން ބައެއް މީހުން ހިތްހަމަނުޖެހޭނެ. އެކަމަކު އަހަރެން އެމީހުންނަށް ބުނެދޭން ބޭނުންވަނީ އިސްލާމްދީނުގެ މިޝަނަކީ ހުރިހާ ފިރިހެނުންނާއި އަންހެނުން އެއްބައިވަންތަ ކުރުމޭ، ސައިނސުން ވަނީ ގުރުއާނުގެ ހުރިހާ އާޔަތެއްގެ ސައްހަކަން ކަށަވަރުވެފައި،" ބަޓީ ބުނެފައި ވެއެވެ.
ހިޔާލު