Lanka gai Miskiyythakah Hamaladhenee, Muslimaku maraalaifi
image
ލަންކާގެ މިސްކިތެއް ސުންނާފަތި ކޮށްލާފައި
އަހުމަދު
0 ކޮމެންޓް
 

ލަންކާގައި މިސްކިތްތަކަށް ހަމަލާދެނީ، މުސްލިމަކު މަރާލައިފި

އަވަށްޓެރި ސްރީލަންކާގައި މުސްލިމުންނާއި ދެކޮޅަށް ހިންގަމުން ގެންދާ ހަމަނުޖެހުން ތަކުގައި މިރޭ މުސްލިމަކު މަރާލައިފި އެވެ.
ވެރިކަށް ކޮލަމްބޯއާއި 100 ވަރަކަށް މޭރު ދުރުގައި އޮންނަ ޕުއްތަލަމް އަވަށުގައި ތޫނު އެއްޗަކުން ހަމަލާދީ މިރޭ މަރާލާފައިވަނީ 42 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރާލާފައިވަނީ އޭނާ މަސައްކަތްކުރާ ވަޑާންގެއަށް ބަޔަކުވަދެ ހަމަނުޖެހުން ހިންދާ ތޫނު އެއްޗަކުން ހަމަލާދިނުމަށް ފަހުގައެވެ.

ލަންކާގެ ނޫސްތަކުގައި ބުނެފައިވާގޮތުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސްވަނީ މަރުވެފައެވެ.

އިއްޔެވެސް ލަންކާގައިވަނީ މުސްލިމުންނަށް ހަމަލާދީފައެވެ، މީގެ އިތުރުން މުސްލިމުންގެ މިސްކިތްތަކަށް ގަލުންމާއި ޕެޓްރޯލް ބޮމުން ހަމަލާދީ ސުންނާފަތި ކުރަމުން ގެންދާއިރު އެގައުމުގައި މިހާރުވަނީ ކާފިއު އިއުލާނު ކޮށްފައެވެ.

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން ގެންދާ ލަންކާގެ ހާލަތު ގޯސްވަމުން އަންނައިރު، އަދި ލަންކާގައި ކާފިއު ހިންގާފައި ވުމުން އެކަމަށް ސަމާލުވުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީންވަނީ އިލްތިމާސް ކޮށްފައެވެ.


އެގޮތުން ކާފިއުގެ ވަގުތުތަކުގައި ބޭރަށް ނިކުމެ ނޫޅުމަށާއި ލަންކާ ސަރުކާރުގެ އިރުޝާދުތަކަށް ތަބާވުމަށްވެސް ދިވެހި އެމްބަސީންވަނީ އިލްތިމާސް ކޮށްފައެވެ.

ލަންކާއަކީ މުސްލުމުންގެ މިސްކިތްތަކަށާއި މުސްލިމުންގެ ވިޔަފާރިތަކަށް ހަމަލާދީ ސުންނާފަތިކުރުން އާއްމު ގައުމެކެވެ. އަދި މިދިޔަ މަހު 21 ވަނަ ދުވަހު އައިއެސްއިން ލަންކާއަށް ދިން ހަމަލާއަށް ފަހު ލަންކާގައި މުސްލިމުންނާއި ދެކޮޅަށް މިހާރުވަނީ ހަރަކާތްތައް އަލުން ފަށާފައެވެ.
ހިޔާލު