Surveen eynage dharifulhuge moonu dhahkaalaifi
image
ސުރްވީން އޭނާގެ ދަރިފުޅާއެކު---
0 ކޮމެންޓް
 

ސުރްވީން އޭނާގެ ދަރިފުޅުގެ މޫނު ދައްކާލައިފި

ކައިވެނިކޮށްގެން އުޅޭކަން ދެ އަހަރު ފަހުން ހިއްސާކޮށް ގިނަ ބަޔަކަށް ސިހުމެއް ދިިން ބޮލީވުޑުގެ މަޝްހޫރު ބަތަލާ ސުރްވީން ޗައުލާ އޭނާގެ ދަރިފުޅުގެ މޫނު ދައްކާލައިފިއެވެ.
މިދިޔަ މަހު 19 ވަނަ ދުވަހު ސުރްވީ ވިހާފައިވާއިރު އޭނާއަށް ލިބުނު ދަރިފުޅަށް ކިޔާފައި ވަނީ އީވާއެވެ. ސުރްވީން މީގެ ކުރިން އޭނާގެ ދަރިފުޅުގެ ފޮޓޯއެއް ހިއްސާކުރި ނަމަވެސް އޭރު އޭނާ ދަރިފުޅުގެ މޫނު ދައްކާފައެއް ނުވެއެވެ. އިއްޔެ ސުރްވީން އިންސްޓަގުރާމު މެދުވެރިކޮށް އޭނާގެ ދަރިފުޅުގެ މޫނު ދައްކާލާފައިވާއިރު އެފޮޓޯއަށް އަށް ވަނީ އެއް ލައްކައަށް ވުރެ ގިނަ ލައިކް ލިބިފައެވެ.




 


 

 



 

 


View this post on Instagram


 



 

 

 



 

 



 

 

 



To love ...I know now.... @butnaturalphotography


A post shared by Surveen Chawla (@surveenchawla) on





ވިޔަފާރިވެރިޔާ އަކާޝް ތައްކާރުއާ ސުރްވީން 2015 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އިޓަލީގައި ކައިވެނިކުރިކަން ހާމަކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ހޭޓް ސްޓޯރީ 2 ފަދަ ބޮލީވުޑުގެ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ސުރްވީނު ދެ އަހަރެއްހާ ދުވަހަށް ކައިވެނި ސިއްރުކުރީ އެކަމުގެ ސަބަބުން އޭނާގެ ކެރިއަރަށް އަސަރުކޮށްފާނެތީއެވެ. 

ގިނަ އަދަދެއްގެ ފިލްމުތަކާއި ޝޯތަކެއްގައި މަސައްކަތްކޮށްފައިވާ ސުރްވީން އެންމެ ފަހުން މަސައްކަތްކޮށްފައި ވަނީ ސްޓާ ޕްލަސްއިން ދެއްކި މަޝްހޫރު ޝޯ، "މަރްޔަމް ހާނު" ގައެވެ.
ސުރްވީން ޗައުލާ
ހިޔާލު