Hrithik ge Kaabil China gai alhuvanee
image
ރިތިކް އާއި ޔަމި---
0 ކޮމެންޓް
 

ރިތިކް ގެ "ކާބިލް" ޗައިނާގައި އަޅުވަނީ

ރިތިކް ރޯޝަން އެންމެ ފަހުން ފެނިގެންދިޔަ ފިލްމު "ކާބިލް" ޗައިނާގައި އަޅުވަން ނިންމައިފިއެވެ.
އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި "ކާބިލް" ޗައިނާގައި އެޅުވުމަށް ނިންމާފައިވަނީ އަންނަ މަހު ފަސް ދުވަހުއެވެ.

ރިތިކް ރޯޝަންގެ އިތުރުން އެ ފިލްމުގައި ދެން އުޅެނީ ސަނަމް ރޭ އިން ފެނުނު ޔާމީ ގައުތަމް އެވެ. އެ އެފިލްމުގައި ރިތިކް އާއި ޔާމީ ވެސް ފެނިގެންދަނީ ލޯފަން ބައެއްގެ ރޯލުންނެވެ. އަދި އެފިލްމަކީ ބޮލީވުޑް އެހެން ފިލްމަތަކާ ވަރަށް ތަފާތު ފިލްމެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ކާބިލް ނެރެފައިވަނީ ވަނީ 25 ޖެނުއަރި 2017 ގައެވެ. އެފިލްމަށް ވަނީ ބޮޑު ކާމިޔާބެއް ލިބިފައެވެ.
ހިޔާލު