Lanka ge Muslimunnah dhin hamalaa thakaa gulhigen 60 meehun hayyaru koffi
image
ސުންނާފަތިކޮށްފައިވާ މިސްކިތެއްގެ ބޭރުގައި މީހަކު -- ފޮޓޯ: ރޮއިޓާޒް
0 ކޮމެންޓް
 

ލަންކާގެ މުސްލިމުންނަށް ދިން ހަމަލާތަކާ ގުޅިގެން 60 މީހުން ހައްޔަރުކޮށްފި

ސްރީ ލަންކާގައި މުސްލިމުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާ ގުޅިގެން މިހާތަނަށް 60 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ. 
މިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ލަްނކާގެ ލަގްޒަރީ ހޮޓާތަކާއި ކްރިސްޓިއަން ފައްޅިތަކަށް އަމާޒުކޮށް ދިން ހަމަލާތަކަށްފަހު އެގައުމުގައި ވަނީ ހަމަނުޖެހުން އުފެދިފަ އެވެ. 

އެގޮތުން ހަމަލާތައް ދިނީ ހައްދު ފަހަނަ އަޅާފައިވާ މުސްލިމް ޖަމާއަތެއްގެ ބަޔެއް ކަމުން، ހާއްސަކޮށް މުސްލިމުންނާ ދެކޮޅަށް ދަނީ ހަރަކާތްތަކެއް ހިންގަމުންނެވެ. 

ބައެއް މިސްކިތްތަކާއި، މުސްލިމުން ދިރިއުޅޭ ގެތަކަށް ހަމަލާދީފައިވާއިރު، ބައެއް މުސްލިމުން ވަނީ މަރުވެސް ވެފަ އެވެ. ފުލުހުން ބުނީ ހައްޔަރު ކުރި 60 އަށް ވުރެ ގިނަ މީހުންގެ ތެރެއިން 33 މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. 

މުސްލިމުންނާ ދެކޮޅަށް ދެމުންދާ ހަމަލާތަކާ ގުޅިގެން މުޅި ލަންކާގައި އަނެއްކާވެސް އަންނަނީ ކޮންމެ ރެއަކު ކާފިއު އިއުލާން ކުރަމުންނެވެ. އަދި ފުލުހުންނާއި ސިފައިން މަގުމަތީގައި އުޅޭ މިންވަރު ވަނީ އިތުރުކޮށްފަ އެވެ. 
ހިޔާލު