Court ga massala ovvaa hajj kunfuni thakaa eku soikuri sababu bunedheyn dhaulathah 1 dhuvas!
image
ސިސިލްފަރު ހައްޖު އުމްރާ ގުރޫޕު: ފޮޓޯ ދި އިސްލާމް
ގުފްތަގު އަޖީރު
1 ކޮމެންޓް
 

ކޯޓުގައި މައްސަލަ އޮއްވާ ހައްޖު ކުންފުނިތަކާއެކު ސޮއިކުރި ސަބަބު ބުނެދޭން އެއް ދުވަސް!

ހައްޖަށް މީހުން ގެންދަން ކުންފުނިތަކަށް ހުއްދަ ދިނީ އިންސާފުން ބޭރުން ކަމަށް ބުނެ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށް، ހައްޖަށް މީހުން ގެންދަން ހޮވި ކުންފުނިތަކާއެކު އެއްބަސްވުމުގައި ސޮއިކުރި މައްސަލާގައި ދައުލަތުން ޖަވާބުދާރީވުމަށް އެއް ދުވަސް ދީފި އެވެ. 
އެ މައްސަލަ ހުށަހެޅި ސިސިލްފަރު ގްރޫޕުގެ ގާނޫނީ ވަކީލް ނާޒިމް ސައްތާރު ވިދާޅުވީ މިއަދު ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން ޖަވާބުދާރީވުމަށް އެއް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. 

"މީހުން ހައްޖަށް ގެންދަން ކުންފުނިތަކަށް ހުއްދަ ދިން ގޮތާ މެދު ޝަކުވާތަކެއް ހުއްޓާ، އިސްލާމިކް މިނިސްޓްރީން އެ ކުންފުނިތަކާއެކު އެއްބަސްވުމުގައި ސޮއިކުރި ސަބަބު ސާފުކޮށްދޭން މިއަދު ސިވިލް ކޯޓުން ވަނީ ދައުލަތަށް އެއް ދުވަސް ދީފައި،" ނާޒިމް ކުރެއްވި ޓްވީޓެއްގައި ވެއެވެ. 






މިއަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ކުންފުނިތަކަށް ދީފައިވަނީ އިންސާފުން ބޭރުން ކަމަށް ބުނެ ސިސިލްފްރުން އިސްލާމިކް މިނިސްޓްރީ އާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ ހޯމަ ދުވަހު އެވެ.

އެކުންފުނިން އެދިފައިވަނީ ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމަށް ކުންފުނިތައް ހޮވުމަށް ކުރިއަށް ގެންދިޔަ އިވެލުއޭޝަން ޕްރޮސެސް ސައްހަ ނޫން ކަމަށް ކަނޑައަޅައި ދިނުމަށެވެ. ހޮވުނު ކުންފުނިތައް އިއުލާން ކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ. 

އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނިކޮށް އިއްޔެ އިސްލާމިކް މިނިސްޓްރީން ބުނީ ހޮވުނު ކުންފުނިތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި އިވެލުއޭޓް ކުރުމުގެ އުސޫލާ މެދު ކުރާ ތުހުމަތުތައް ދޮގުކުރި އެވެ. 

ވަކީލް ނާޒިމް އާއްމު ކުރައްވާފައިވާ ޕޮއިންޓް ލިސްޓްގައި ބުނެފައިވާ ތަޖުރިބާގެ ބަޔަށް ސިސިލްފަރަށް ދީފައިވަނީ 0.7 ޕޮއިންޓެވެ. އެކުންފުންޏަކީ ހައްޖަށް މީހުން ގެންދާތާ 35 އަހަރުވެފައިވާ ކުންފުންޏެކެވެ.

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނީ އެ ބަޔަށް ސިސިލްފަރަށް މަދުން ޕޮއިންޓް ލިބުނީ ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައި ނުވާތީ ކަމަށެވެ. 

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދައަށް އެދުނު 18 ކުންފުނީގެ ތެރެއިން ހުއްދަ ދީފައިވަނީ ފަސް ކުންފުންޏަކަށެވެ. އެހެން ކަމުން ހައްޖު ކޯޕަރޭޝަނާއިއެކު މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ހުއްދަ ލިބިފައިވަނީ ހަ ކުންފުންޏަކަށެވެ.

މީހުން ހައްޖަށް ގެންދިއުމަށް ހުއްދަ ދީފައިވާ އަމިއްލަ ފަސް ކުންފުންޏަކީ:


  • ޒައިމާ ގުރޫޕާއި

  • ތަޒްކިއާ ޕްރައިވެޓް ލިމިޓެޑާއި،

  • މިނާ ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑާއި

  • އެކްރޯ ޕްރައިވެޓް ލިމިޓެޑް

  • އަލްހަރަމައިން ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑު


މިއިން ކޮންމެ ކުންފުންޏަކަށް ދިނުމަށް ހަމަޖެހިފައިވަނީ 90 ޖާގައެވެ. ބާކީ 550 ޖާގަ ދިނުމަށް ނިންމާފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ. މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ލިބިފައިވަނީ 1000 ކޯޓާއެވެ.
ހިޔާލު

ސާޔާ

މިފަހަރު ސަލާމަތެއްނުވާނެ. ޙައްޖުދަތުރުވެސް ކެންސަލްވާނެ. މީ ޖަޒީޜާވަންތަވުންދޮތަ