Aniyaa aai furahsaaraige shikaara akahvi meehaku dhaulathuge belumuge dhashah naganee
image
ހާއްސަ އެހީއަށް ބޭނުންވާ މީހާ ހޮޅިދަނޑިއެއްގައި އައްސާފައި -- ފޮޓޯ: ސޯޝަލް މީޑިއާ
މާއިދާ މުހައްމަދު ރަޝާދު
1 ކޮމެންޓް
 

ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް އަނިޔާކޮށްގެން، ދައުލަތުގެ ބެލުމުގެ ދަށަށް

ސިކުނޑީގެ ނުކުޅެދުންތެރިކަމެއް ހުންނަ މީހަކަށް ބަޔަކު އަނިޔާކުރާ މައްސަލައެއް ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް އައިސް އެމީހާ ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމުގެ މަސައްކަތް މިނިސްޓްރީން ކުރަން ފަށައިފިއެވެ. 
އެނގިފައިވާ ގޮތުގައި ސިކުނޑީގެ ނުކުޅެދުންތެރިކަމެއް ހުންނަ އެމީހާއަކީ ށ. ފޭދޫ މީހެކެވެ. އެގޮތުން އެމީހާ ހޮޅިދަނޑިއެއްގައި އައްސާ ފުރައްސާރަކުރާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ ސީއެންއެމް އިން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ، ށ. އަތޮޅުން އެފަދަ މައްސަލައެއް އެމިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެމީހާ ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ ރަށު ކައުންސިލް މެމްބަރެއް ނަން ނުޖަހާ ގޮތަށް ވިދާޅުވީ އެ އަންހެން މީހާގެ ފިރިމީހާ އަކީ ވެސް ހާއްސަ އެހީ އަށް ބޭނުންވާ މީހެއް ކަމަށެވެ. އަދި އެ ދެ މީހުންނަށް ހަ ދަރިން ލިބިފައިވާ ކަމަށެވެ. އަދި އެ މީހުންގެ އާއިލާ މީހުން ތިބި ނަމަވެސް، އޭނާ އަށް އަޅާ ނުލާ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ. އަދި މީގެ ކުރިން ވެސް އެތައް ފަހަރަކު ވާނީ ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އެ މީހުންގެ ހާލަތު ބަޔާންކޮށް ސިޓީތައް ފޮނުވާފައި ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.

ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް އެ މައްސަލަ އައިސް، އޭނާ ދައުލަތުގެ ބެލުމުގެ ދަށަށް ނަގަން މަސައްކަތް ކުރާއިރު އެފަދަ މައްސަލައެއް މިހާތަނަށް ފުލުހުންނަށް ހުށަހެޅިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.
ހިޔާލު

ޜޯޔަލް

ސިޓީ ލިޔެ ލިޔެ ތިބެންޖެހޭނީ ވާ ކަމެއް ހަރާން