Aharee report: PPM inn hushahelhee muhdhathu hamavi fahun, DRP adhi Adhaalathun hushanaalhaa
image
ޕީޕީއެމާއި، ޑީއާރްޕީ އަދި އަދާލަތު ޕާޓީގެ ލީޑަރުން --
ގުފްތަގު އަޖީރު
0 ކޮމެންޓް
 

ޕާޓީތަކުގެ އަހަރީ ރިޕޯޓު: ޕީޕީއެމުން ހުށަހެޅީ މުއްދަތު ހަމަވި ފަހުން، ޑީއާރުޕީ އަދާލަތުން ހުށަނާޅާ

ސިޔާސީ ޕާޓީތަކުގެ އަހަރީ ރިޕޯޓު ޑީއާރުޕީ އާއި އަދާލަތު ޕާޓީން ހުށަ ނާޅާ ކަމަށާއި، ޕީޕީއެމުން އެ ރިޕޯޓު ހުށަހެޅީ މުއްދަތު ހަމަވެފައިވަނިކޮށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ. 
އެ ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ސީއެންއެމް އަށް ވިދާޅުވީ އަހަރީ ރިޕޯޓު ހުށަނާޅާ ޕާޓީތަކާއި، މުއްދަތު ހަމަވިފަހުން ހުށަހެޅި ޕާޓީތަކާމެދު އަޅާނެ ފިޔަވަޅެއް މާދަމާ ބާއްވާ މެންބަރުންގެ ބައްދަލުވުމުގައި ގޮތެއް ނިންމާނެ ކަމަށެވެ. 

"ޕީޕީއެމުން ހުށަހެޅީ މުއްދަތު ހަމަވީފަހުން. ޑީއާރުޕީއާ އަދާލަތުން ހުށަނާޅާ. އަޅާނެ ފިޔަވަޅެއް މާދަމާ ނިންމާނަން،" އަކްރަމް ވިދާޅުވިއެވެ. 

ޕީޕީއެމުން އަހަރީ ރިޕޯޓު ހުށަހަޅާފައިވަނީ މިއަދު އެވެ. އަދާލަތު ޕާޓީންނާއި، ޑީއާރުޕީން އަހަރީ ރިޕޯޓު ހުށަނާޅާއިރު، އޮޑިޓް ރިޕޯޓު ވެސް ހުށަހާޅާފައެއް ނުވެއެވެ. އޮޑިޓް ރިޕޯޓު ހުށަނާޅާ ޕާޓީތަކާމެދު ވެސް ގޮތެއް ނިންމުމަށް މާދަމާ ބައްދަލުވުމެއް ބާއްވާނެ ކަމަށް އީސީ އިން ބުނެއެވެ. 

ސިޔާސީ ޕާޓީތަކުގެ ފައިސާ ދޫކުރާނީ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު ފުރިހަމައަށް ހުށަހަޅާ ޕާޓީތަކަށް އެކަންޏެވެ.
ހިޔާލު