Feydhoo anhenmeehaa ah aniyaa kuri meehun insaafukur kurimachah genanaanan
image
ޝިދާތާ ޝަރީފް، ޖެންޑާ މިނިސްޓަރު: ފޮޓޯ ދިވެހި ޕޯސްޓު
0 ކޮމެންޓް
 

"ފޭދޫ އަންހެން މީހާއަށް އަނިޔާ ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނަން: ޝިދާތާ ޝަރީފް، ޖެންޑާ މިނިސްޓަރު

ށ. ފޭދޫގައި އަންހެން މީހާއަށް އަނިޔާކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމަށް ޝިދާތާ ޝަރީފް، ޖެންޑާ މިނިސްޓަރު ވިދާޅުވެއްޖެއެވެ.
ސިކުނޑީގެ ނުކުޅެދުންތެރިކަމެއް ހުންނަ މީހަކަށް ބަޔަކު އަނިޔާކުރާ މައްސަލައެއް ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް އައިސް އެމީހާ ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމުގެ މަސައްކަތް މިނިސްޓްރީން ކުރަން ފަށައިފައިވަނީ މިއަދުއެވެ. 

އެސިކުނޑީގެ ނުކުޅެދުންތެރިކަމެއް ހުންނަ އެމީހާއަކީ ށ. ފޭދޫ މީހެކެވެ. އެމީހާއަށް ފުރައްސާރަކުރާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ ސީއެންއެމް އިން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ، ށ. އަތޮޅުން އެފަދަ މައްސަލައެއް އެމިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެމީހާ ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އޮފިޝަލް މިއަދު ވަނީ ވިދާޅުވެފައެވެ. 

ނަމަވެސް މިރޭ ކުރެއްވި ޓްވީޓެއްގައި ޝިދާތާ ޝަރީފް ވިދާޅުވެފައިނީ މިހާރު އެމީހާ " ބޭނުންވާ ރައްކައުތެރިކަން ދައުލަތުން ވަނީ ފޯރުކޮށްދީފައި" ވާކަމަށެވެ. 

އެ ރަށު ކައުންސިލް މެމްބަރެއް ނަން ނުޖަހާ ގޮތަށް ވިދާޅުވީ އެ އަންހެން މީހާގެ ފިރިމީހާ އަކީ ވެސް ހާއްސަ އެހީ އަށް ބޭނުންވާ މީހެއް ކަމަށެވެ. އަދި އެ ދެ މީހުންނަށް ހަ ދަރިން ލިބިފައިވާ ކަމަށެވެ. އަދި އެ މީހުންގެ އާއިލާ މީހުން ތިބި ނަމަވެސް، އޭނާ އަށް އަޅާ ނުލާ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ. އަދި މީގެ ކުރިން ވެސް އެތައް ފަހަރަކު ވާނީ ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އެ މީހުންގެ ހާލަތު ބަޔާންކޮށް ސިޓީތައް ފޮނުވާފައި ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.


ހިޔާލު