Highway gai hingi accident ehgai kudakujjakah aniyaavejje
image
ސިނަމާލެ ބްރިޖް
އަހުމަދު
2 ކޮމެންޓް
 

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ކުޑަކުއްޖަކަށް އަނިޔާވެއްޖެ

ސިނަމާލެ ބްރިޖާއި ހުޅުމާލެއާއި ދެމެދުގެ ހައިވޭގައި މިރޭ އިރުއޮއްސުނު އިރު ހިނގި އެކްސިޑެންޓެއްގައި ކުޑަ ކުއްޖަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންބުނީ މާލެއިން ހުޅުމާލެއަށް ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ހައިވޭގެ ފެންސްގައި ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ އުމުރުން އެއް އަހަރުގެ ކުއްޖަކަށް ކަމުގައެވެ.

ކުއްޖާގެ ބޮލުން ގާތްގަނޑަކަށް ތިން އިންޗި ކަފައިގެން ގޮސްފައިވާއިރު، އޭޑީކޭގައި މިހާރު ފަރުވާދެމުން ދާކަމަށާއި ކުއްޖާގެ ބޮލުގެ ސީޓީ ސްކޭނެއް މިރޭ ހަދާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

ސައިކަލު ދުއްވި 46 އަހަރުގެ މީހާއަކީ ލައިސަންސް އޮތް މީހެއްކަމަށްވެސް ފުލުހުން ބުނެއެވެ

މީގެ އިތުރުން ސައިކަލު ދުއްވި މީހާއައި ކުޑަކުއްޖާވެސް އިނީ ހެލްމެޓް އަޅައިގެންކަމަށް ފުލުހުން ބުނެއެވެ.
ހިޔާލު

އިއްބެ

އަމިއްލަ މީހާޔާދޭތެރޭ ނުވިސްނާ ބާރުސުޕީޑުގައި ދުއްވާފައިދާއިރު ސައިކަލަށް އަރުވައިގެންދާ ތުއްތުކުއްޖާޔާ ދޭތެރޭވިސްނާލުން މުހިންމު.

ާަރައްޔިތުމީހާ

ކުޑަކުދިން ގޮވައިގެންދާއިރު ތަންކޮޅެއް ބަލާލަން އެބަޖެހޭ .މީހާއަށް ކޮންޓްރޯލްނުވާވަރުން ބާރަށްދުއްވުމަކީ އެހެންމީހުންގެ ފުރާނައަށް ނުރައްކާ ވެދާނެކަމެއް.