LACTOGEN Shipment eh hifahattaafa eh nuvaane: Customs
image
މާލޭ ވިޔަފާރި ބަނދަރުގެ ފޮޓޮއެއް: ފައިލް ފޮޓޯ
އަހުމަދު
0 ކޮމެންޓް
 

ލެކްޓޯޖަން ޝިޕްމަންޓެއް ހިފަހައްޓާފައެއް ނުވާނެ: ކަސްޓަމްސް

ތުއްތުކުދިންގެ ކާނާ އެއްކަމަށްވާ ލެކްޓޯޖަންގެ ޝިޕްމަންޓެއް ހިފަހައްޓާފައި ނުވާނެކަމަށާއި އެ ބާވަތުގެ ކާނާގެ ޝިޕްމަންޓެއް ނައްތާލަން ނިންމާފައި ނުވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ބުނެފިއެވެ.
ލެކްޓޯޖަން ޝިޕްމަންޓެއް ހިފަހައްޓާ ނައްތާލުމަށް މަސައްކަތް ކުރަމުން ދާކަމަށާއި އެ ކަނާ ރާއްޖެ އެތެރެކުރަން ހުއްދަ އޮންނަ ފަރާތްނޫން އެހެން ފަރާތްތަކުންވެސް އެތެރެކުރާކަމުގެ އަޑުތައް ދާދިފަހުންވަނީ އަރާފައެވެ.

ލެކްޓޯޖަން އެތެރެކުރުމުގެ ހުއްދަ އޮންނަނީ އެމްއެޗްއޭ އަށް އެކަންޏެވެ. ކުރިން އެމްއެޗްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިންނަށްދޭ ކަނާގެ ބާވަތްތައް ދިވެހިރާއްޖެ އަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދާއި ހިލާފު ކަންތައް ތަކެއް ހުރި ކަމަށްބުނެ، އެ އުފެއްދުން ރާއްޖެ އެތެރެކުރުން މަނާކޮށްފައިވާ ކަމުގައެވެ.



އެއާއިއެކު ލެކްޓޯޖެން ސްޓޭޖް 2 އަދި 3 ހުސްވިވެފައި ވަނިކޮށް އެހެން ބަޔަކު އަގު ބޮޑުކޮށް ލެކްޓޯޖެން ވިއްކި ކަމަށް އެބަޔާނުގައި ވެއެވެ. އެނގިފައިވާ ގޮތުގައި މާލޭގެ ބައެއް ބޮޑެތި ފިހާރަތަކުންވަނީ މިފަހުން ލެކްޓޯޖަންގެ ބައެއް ބާވަތްތައް ބޮޑު އަގުގައި ވިއްކާފައެވެ.

ކަސްޓަމްސްއިން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ 2016 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ލެކްޓޯޖަން އެތެރެކުރަނީވެސް އެންމެ ކުންފުންޏަކުން ނެވެ.

ކަސްޓަމްސް
ހިޔާލު