Umara ah gosulhenikoh gellunu meeha fenijje
image
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ކުރިން އުމްރާއަށް ދިޔަ ބައެއް: ފައިލް ފޮޓޯ
ސީއެންއެމް
0 ކޮމެންޓް
 

އުމްރާއަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި މި ރަމަލާސން މަހު އުމްރާއަށް ގޮސްއުޅެނިކޮށް މީގެ ދެދުވަސް ކުރިން ގެއްލުނު މީހާ ފެނިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކ ދިއްފުއްޓަށް ނިސްބަތްވާ އުމުރުން 57 އަހަރުގެ އެ އަންހެން މީހާ ފެނިފައިވަނީ ހަރަމްފުޅާއި ގާތްގަނޑަކަށް ދެތިން ކިލޯމީޓަރު ދުރުންނެވެ. އޭނާ ފެނުނުއިރު ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އެމީހާ ގެއްލިގެން ހޯދަމުން އަންނައިރު އެމީހާއާއެކު އޭނާގެ ފިރިމީހާވެސް އުމްރާއަށް ދިޔައެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހަމީދު ކުރިން ވިދާޅުވީ، އެމީހާ ގެއްލުނީ ސަފާ އާއި މަރްވާއާ ދެމެދު ހިނގުމުގައި އުޅެނިކޮށް ކަމަށް ހަމީދު ވިދާޅުވިއެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިފަހަރު 85 މީހަކު އުމްރާއަށް ދިޔައިރު ގެއްލިގެން ހޯދަމުންދާ އަންހެން މީހާ ފިޔަވައި އެހެން އެންމެންގެ ހާލު ރަނގަޅުކަމަށް ހަމީދު ވިދާޅުވެއެވެ.
ހިޔާލު