‘Maldives Volleyball Veterans’ Honorary Membership Raeesuljumhoorijya'ah
image
ފޮޓޯ ރައީސް އޮފީސް
0 ކޮމެންޓް
 

މޯލްޑިވްސް ވޮލީ ބޯލް ވެޓަރަންސްގެ އޮނަރަރީ މެންބަރުކަން ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

"މޯލްޑިވްސް ވޮލީބޯލް ވެޓަރަންސް"ގެ އޮނަރަރީ މެންބަރުކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް މިއަދު އަރުވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ރައީސުލްޖުމްހޫރިއްޔާއަށް މޯލްޑިވްސް ވޮލީބޯލް ވެޓަރަންސްގެ އޮނަރަރީ މެންބަރުކަން އަރުވާފައި ވަނީ މޯލްޑިވްސް ވޮލީބޯލް ވެޓަރަންސްގެ މެންބަރުންނާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި ބައްދަލުކުރެއްވުގައިކަމަށެވެ.

މި ބައްދަލުވުކުރެއްވުމުގައި މޯލްޑިވްސް ވޮލީބޯލް ވެޓަރަންސްގެ ފަރާތުން، ކުޅިވަރުގެ ދާއިރާއިން ކުރިޔަށްގެންދިއުމަށް ރާވާފައިވާ ބައެއް ޕްރޮގްރާމުތަކާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ. އަދި ވޮލީގެ ދާއިރާއާ ހާއްސަކޮށް ކުޅިވަރުގެ ދާއިރާއިން ބޭނުންވާ ބައެއް ކަންކަން ވޮލީބޯލް ވެޓަރަންސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވިކަމަށް އެ އޮފީހުން ބުނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކުޅިވަރުގެ ދާއިރާއިން ސަރުކާރުން ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ބައެއް މަޝްރޫޢުތަކާއި ޕްރޮގްރާމުތަކުގެ މަޢުލޫމާތު މޯލްޑިވްސް ވޮލީބޯލް ވެޓަރަންސްގެ މެންބަރުންނާއި ހިއްސާ ކުރެއްވި ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.
ހިޔާލު