Makkah adhi Jeddah missile hamalaathakeh dheyna masahkathkohffi
image
0 ކޮމެންޓް
 

މައްކާއާއި ޖިއްދާއަށް މިސައިލު ހަމަލާތަކެއް ދޭން މަސައްކަތްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާގެ ޖިއްދާއަށާއި، މައްކާއަށް މިސައިލު ހަމަލާތަކެއް ދޭން މަސައްކަތް ކޮށްފިއެވެ.
ހަބަރުތައް ބުނާ ގޮތުން ދެ މިސައިލުވެސް ސައުދީގެ އެއާ ޑިފެންސް ސިސްޓަމުން ވަނީ ވައްޓާލާފައެވެ.

މި ހަމަލާތައް ޔަމަނުގެ ސަރުކާރުން ވެސް ވަނީ ކުށްވެރިކޮށްފައެވެ.

މީގެ ކުރިން ވެސް 2017 ވަނަަ އަހަރުގެ ޖުލައި މަހުވެސް ހޫތީން ވަނީ ސައުދީއަށް ހަމަލާ ދޭން މަސައްކަތް ކޮށްފައެވެ.

ސައުދީން ވަނީ ފާއިތުވީ އަހަރުތަކުގައި ޔަމަނުގައި ދިރިއުޅޭ ހޫތީންނާ ދެކޮޅަށް އަސްކަރީ ކޯލިޝަނެއް ހަދައި ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ބެލެވޭ ގޮތުގައި މިއަދު ދޭން އުޅުނު ހަމަލާއަކީ އޭގެ ބަދަލު ހިފުމެކެވެ.
ހިޔާލު