GA. Villingiligai fenboduve hatharu geakah dhirinoolhevey varah gehlunvejje
image
ގއ. ވިލިގިލިގިލީގައި ފެންބޮޑުވެފައި: ފޮޓޯ އެމްއެންޑީއެފް
0 ކޮމެންޓް
 

ގއ. ވިލިގިލީގައި ފެންބޮޑުވެ ހަތަރު ގެއަކަށް ދިރިނޫޅެވޭވަރަށް ގެއްލުންވެއްޖެ

ގއ. ވިލިގިލީގައި ފެންބޮޑުވެ ހަތަރު ގެއެއްގައި ދިރިނޫޅެވޭ ވަރަށް ގެއްލުންވުމާ ގުޅިގެން އެ ގޭތަކުން މީހުން ބަދަލުކޮށްފައިވާކަމަށް އެރަށު ކައުންސިލުން ހާމަކޮށްފިއެވެ.
އެރަށުކައުންސިލިމް މެމްބަރު ހަބީބް ހަސަން މިރޭ ސީއެންއެމްއަށް ވިދާޅުވީ، ހެނދުނުން ފެށިގެން އެރަށަށް ބޯކޮށް ވާރޭ ވެހެމުން އަންނަކަމަށެވެ. އަދި ފެން ބޮޑުވުމާ ގުޅިގެން ހަވީރުއްސުރެ ފެން ހިއްކުމުގެ މަސައްކަތްމުން އަންނަކަމަށެވެ. އަދި މިހާރު ސިފައިންގެ އެހީތެރިކަމަށް އެދުމުން ސިފައިން އެރަށް އައިސް ޕަންޕު ޖަހައިގެން ފެން ހިއްކަމުން އަންނަކަމަށެވެ.

"ފެން ހިއްކަން ސިފައިން އައިސް ފުރަތަމަ ޕަންޕު މި ގުޅީ. ގެއްލުންވީ ގޭތަކަށް ވެސް ސިފައިން ވަދެ އަންނަނީ ބަލަމުން ލިބިފައިހުރި ގެއްލުންތައް،" ހަބީބް ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ ބޯކޮށް ވާރޭ ވެހުން ހުއްޓުނުތާ ދެ ގާޑީރެއް މިހާރު ވެދާނެކަމަށެވެ. އެހެން ނަމަވެސް އަދިވެސް އެރަށް އޮތީ ބަނަކޮށްކަމަށެވެ.

އަދި އެރަށުގައި ހުރި ފެން ހިންދާ ނިޒާމުތަކުގެ މަސައްކަތް ވަނީ ފުރިހަމަ ނުކުރެވިކަމަށާއި، އެ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެންނަން ބޭނުންކަމަށް ހަބީބް ވިދާޅުވިއެވެ.





ރާއްޖޭގެ ދެކުނަށް މޫސުން ގޯސް ވާނެކަމަށް ބެލެވޭތީ ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރިފައެވެ. އެލާޓް ނެރެފައިވަނީ މިރޭ 9:00 އިން މެންދަމު 2:00 އަށެވެ.



ހިޔާލު