Farithakurunthah kuriah gendhany nurahkaleh ovegeneh noon
/
image
0 ކޮމެންޓް
 

"ފަރިތަކުރުންތައް ކުރިއަށްގެންދަނީ ނުރައްކަލެއް އޮވެގެންނޫން"

ރާއްޖެއަށް ޓެރަރިސްޓު ހަމަލާތަކެއް ދޭން އުޅޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުން ދަނިކޮށް، އެކަމާ ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން އެމްއެންޑީޢެފުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ "ފަރިތަކުރުންތަކަކީ ވަކި އިތުރު ކަމެއް މެދުވެރިގެން ކުރިއަށް ގެންދާ ފަރިތަކުރުންތަކެއް ނޫން" ކަމަށެވެ.
އެމްއެންޑީއެފްގެ ބަޔާނުގައި ބުނެގައިވަނީ މިދިޔަ އެޕްރީލް މަހު 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ނިރުބަވެރި ހަމަލާ އާ ގުޅިގެން އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާ ފަރިތަކުރުންތައް ފަށާފައިވަނީ 05 މެއި 2019 ގައި" ކަމަށެވެ. އަދި މިރޭ މާލޭގައި ކުރިއަށް ގެންދަނީ "ވަކި އިތުރު ކަމެއް މެދުވެރިގެން ކުރިއަށް ގެންދާ ފަރިތަކުރުންތަކެއް ނޫން" ކަމަށެވެ.

ނަމަވެސް، އެހެންނަމަވެސް އެއްވެސް ހާލަތެއްގައި ޝައްކުވާ ޒާތުގެ ކަމެއް ހިނގާނަމަ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ހިލޭ ގުޅޭ ނަންބަރު: 1615 އަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިލޭ ގުޅެ ނަންބަރު 119 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރުމަށް އިލްތިމާސް ކުރަމެވެ.
ސިފައިންނާ ފުލުހުން ގުޅިގެން ވަނީ ފަރިތަކުރުންތަކެއް ފަށާފައެވެ. މިއަދު ފެށި ތަމްރީނުތަކުގައި ވެހިކަލްތައްވެސް ޗުކު ކުރުމަށް ހަމަޖެހިފައިވާކަމަށް ސިފައިން ވަނީ ހާމަކޮށްފައެވެ. މި ތަމްރީނުތަކަކީ ދެތިން ދުވަހަށް ދެމިގެންދާނެ ތަމްރީނުތަކެއް ކަމަށް ސިފައިންން ބުނެއެވެ.

ސޯޝަލް މީޑިއާގައި އަންނަނީ ރާއްޖެއަށް ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭކަމަށް ބުނެ އަޑުތައް ފަތުރަމުންނެވެ. މިގޮތުން ރައީސް މައުމޫނުގެ އިހްޔާ ޕްރޮގްރާމުވެސް ފަސްކޮށްފައިވަނީ އެފަދަ އިންޒާރުތަކަކާ ގުޅިގެން ކަމަށް ބުނެއެވެ. ނަމަވެސް އިހްޔާ ޕްރޮގްރާމު ފަސްކުރެއްވި އިރު އެފަދަ ވާހަކައެއް ރައީސް މައުމޫނު ވިދާޅުނުވާކަމަށް ރައީސް މައުމޫނުގެ އަރިސް ބޭފުޅަކު މިިރޭ ސީއެންއެމްއަށް ވަނީ ވިދާޅުވެފައެވެ.


ހިޔާލު