Syria gai ithuru dhivehsaku maruvikamuge mauloomaathu libifaeh nuvey: NTCT
image
ސީރިއާގެ ހަނގުރާމަވެރިންތަކެއް.-- ފޮޓޯ: ރޮއިޓާސް
0 ކޮމެންޓް
 

ސީރިއާގައި އިތުރު ދިވެއްސަކު މަރުވިކަމުގެ މައުލޫމާތު ލިބިފައެއް ނުވޭ: އެންސީޓީސީ

ސީރިއާގެ ދާހިލީ ހަނގުރާމާގައި ބައިވެރިވާ ދިވެހިން ހަނގުރާމަވެރިއަކު އިއްޔެ ޖާނުން ފިދާވެގެން، އެ ގައުމުގެ އަސްކަރިއްޔާ އާ ދެކޮޅަށް ދިން ހަމަލާއެއްގައި މަރުވި ކަމަށް ވާހަކަ ދެކެވުނަސް އެފަދަ މައުލޫމާތެއް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓާ (އެންސީޓީސީ) އަށް ލިބިފައިނުވާ ކަމަށް ބުނެފި އެވެ.
އެންސީޓީސީގެ ހޮޓް ލައިނަށް "ސީއެންއެމް" އިން ގުޅައި، އެފަދަ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ބުނި އިރު، ސީރިއާގައި އުޅޭ ދިވެހި ހަނގުރާމަވެރިން ހިންގާ ބިލާދު އަލް ޝާމް މީޑިއާ އިން ވެސް ވަނީ އެކަން ދޮގުކޮށްފަ އެވެ. ބިދާލު އަށް ޝާމުން ބުނެފައިވަނީ ދިވެހި ހަނގުރާމަވެރިންނާ ގުޅޭ އެފަދަ ސައްހަ މައުލޫމާތުތައް ހާމަކުރަމުން ގެންދާނީ އެ މީހުން ކަމަށެވެ.

އަދި އެހެން މަސްދަރުތަކުން ލިބޭ އެފަދަ މައުލޫމާތުތައް މީޑިއާ ތަކުގައި ފަތުރާއިރު ޔަގީން ކުރުމަށް އެދިފައި ވެއެވެ. އެގޮތުން އިއްޔެ ޖާނު ގޮއްވާލައިގެން ދިވެއްސަކު މަރުވިކަމަށް ބުނެ ބައެއް މީޑިއާތަކުން ހާމަކޮށްފައިވަނީ ސައްހަ ނޫން ފޮޓޯތަކެއް ކަމަށް ވެސް އެ މީހުން ބުނެ އެވެ.

ސީރިއާ ހަނގުރާމާގައި ބައިވެރިވާން ގިނަ ދިވަހިންތަކެއް އެ ގައުމަށް ދިޔައިރު، އޭގެ ތެރެއިން ބައެއް މީހުން ވަނީ ހަނގުރާމާގައި މަރުވެފަ އެވެ. އަދި އެފަދަ ބައެއް މީހުން އެ މީހުންގެ އާއިލާ ގޮވައިގެން އެ ގައުމަށް ގޮސް ހަނގުރާމަ ކުރުމުގެ ތެރޭގައި ފިރިމީހާ މަރުވުމުން، އަންހެނުންނާއި ކުޑަކުދިން ބިކަވެފައި އެބަތިއްބެވެ.
އެންސީޓީސީ ސީރިއާ
ހިޔާލު