89,000 ah vure gina cycle register koffi
image
ޕާކު ކޮށްފައިވާ ސައިކަލްތަކެއް -- ފޮޓޯ:ސަން
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

89،000 އަށް ވުރެ ގިނަ ސައިކަލު ރެޖިސްޓާކޮށްފި

މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 89،897 ސައިލަކު ރެޖިސްޓާކޮށްފައިވާ ކަމަށް ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ރާއްޖޭގައި ރެޖިސްޓްރީކޮށްފައިވާ އެއްގަމު އުޅަނދުގެ ތެރެއިން 83 އިންސައްތައަކީ ސައިކަލެވެ. އެގޮތުން ރާއްޖޭގައި ސައިކަލް އެންމެ ގިނައިން ރަޖިސްތްރީކޮށްފައިވަނީ 2015 ވަނަ އަހަރު ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެއްގަމު އުޅަނދުގެ ހަ ޕަސެންޓުގެ ގޮތުގައި ކާރު ރެޖިސްޓާކޮށްފައިވާއިރު، މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 6325 ކާރު ރަޖިސްޓްރީކޮށްފައިވެއެވެ. އޭގެ ތެރެއިން 502 ކާރަކީ އަލަށް ރަޖިސްޓްރީ ކޮށްފައިވާ ކާރެވެ.

މިދިޔަ އަހަރު އެކަނިވެސް ނުވަހާހަށްވުރެ ގިނަ ސައިކަލް ރެޖިސްޓާކޮށްފައިވާއިރު، ޖުމްލަ އެއްގަމު އުޅަނދުގެ އަދަދު އުޅެނީ އެއްލައްކައަށް ވުރެ މަތީގަ އެވެ.
ސައިކަލު
ހިޔާލު