Hulhumale Ruhgandu beynun kuraa meehunah Ibrahim Hussein ge hadhiyaa eh
image
ހުޅުމާލޭ ރުއްގަނޑު ސަރަހައްދަށް މީހަކު ގަޑިއެއް ހަދިޔާކުރުން-- އެޗްޑީސީގެ ވީޑިއޯގެ ސްކްރީންޝޮޓެއް
0 ކޮމެންޓް
 

ހުޅުމާލެ ރުއްގަނޑު ބޭނުން ކުރާ މީހުންނަށް އިބްރާހިމް ހުސެންގެ ހަދިޔާއެއް

ހުޅުމާލެއަކީ ތޮއްޖެހިފައިވާ މާލެ އިން ބޭރަށް ނިކުމެލާ ހިތްހަމަޖައްސާލަން ގިނަ ބަޔަކު ގޮސް އުޅޭ ތަނެކެވެ. އެތަނުގެ ރީތި މޫދަށް އެރިލާ، ގޮނޑުދޮށް ކައިރީ ހިނގާލުން ވެފައި ވަނީ އާއްމު ކަމަކަށެވެ. އެހެންވެ ހުޅުމާލޭގެ "ރުއްގަނޑު" ސަރަހައްދު ބޭނުން ކުރާ މީހުންނަށް އެއަވަށުގެ ރައްޔިތަކު ވަނީ ހަދިޔާއެއް އަރުވާފަ އެވެ.
އިބްރާހިމް ހުސެންގެ ހަދިޔާއަކީ ރުއްގަނޑުގައި ހަރުކޮށްފައި މިހާރު ހުރި ގަޑި އެވެ. ކަޅުކުލައިގެ ހަރުގަނޑެއްގައި ބޮޑު ގަޑިއެއް ހަރު ކުރަން އިބްރާހިމް ހުސެން ނިންމީ އެ ސަރަހައްދު ބޭނުންކޮށް ހަދާ މީހުންނަށް ފަސޭހަކޮށް ދިނުމަށެވެ. ވަކިން ހާއްސަކޮށް މޫދަށް އެރި އުޅޭ މީހުންގެ ފަސޭހައަކަށެވެ.

"މި (ގަޑި) ބަލަހައްޓައި ދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެޗްޑީސީ މެދުވެރިވެގެން، މިއަށް ގެއްލުންދޭ ފަރާތަކަށް، އެ ދެ ފަރާތުން ގާނޫނީ ފިޔަވަޅު އަޅައިދިނުމަށް ވަރަށް ބޮޑަށް އެދެން،" ހުޅުމާލެ ބަލަހައްޓާ ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަނުން ޓްވިޓާގައި އާއްމުކުރި ވީޑިއޯގައި އިބްރާހިމް ހުސެން ބުނެފައިވެއެވެ.


އެޗްޑީސީން ބުނީ ހުޅުމާލޭގެ ރައްޔިތުން އެއަވަށުގެ ކުރިއެރުމަށް ކުރަމުންދާ މަސައްކަތް ފެނުމުން އުފާކުރާ ކަމަށެވެ. ހުޅުމާލެއަކީ ތޮއްޖެހިފައިވާ މާލެއަށް ލުޔެއް ހޯދުމުގެ ގޮތުން ތަރައްގީ ކުރަމުން އަންނަ އަވަށެކެވެ. އެތަނުގެ ދެވަނަ ފޭޒްގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.
އެޗްޑީސީ ހުޅުމާލެ
ހިޔާލު