Dhe candidatunah ves 40 membarun hamavee tha?
image
އެމްޑީޕީގައި މަޖިލިސް ރައީސްކަމަށް އެންމެ ވާދަވެރި އަފީފްއާ އަސްލަމް:--
1 ކޮމެންޓް
 

އެމްޑީޕީ އެތެރޭގެ ބަހުސް: ދެ ކެނޑިޑޭޓުންނަށް ވެސް 40 މެމްބަރުން ހަމަވީބާ؟

ރައްޔިތުންގެ މަޖިލީހުގައި 19 ވަނަ އިންތިހާބުގައި އެމްޑީޕީން ހޯދި ބޮޑު ކާމިޔާބާއެކު މިވަނީ އިތުރު ބަހުސެއް ފަށާފައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އެމްޑީޕީން ކަނޑައަޅާނީ ކޮން މެމްބަރެއްތޯއެވެ؟
އެއްބަޔަކު ބުނަނީ ވިލުފުށީ ދާއިރާއަށް އިންތިހާބުވެ ވަޑައިގެންނެވި ހަސަން އަފީފަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތާއީދު ކުރައްވައި 45 މެމްބަރުން ހަމަކުރައްވައިފި ކަމަށެވެ. އަދި މި ވާހަކަތަކަށް ބާރު ލިބެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހުގައި ބޭއްވި ތަރާވީހަކަށްފަހު މަޖިލީހުގެ ރައީސްކަމަށް އެންމެ ގާބިލު ބޭފުޅަކީ ހަސަން އަފީފް ކަމަށް ދެކިލައްވާ ކަމަށް ވިދާޅުވުމުންނެވެ.


ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށެވެ. ރައީސް ނަޝީދުވެސް ވަނީ މަޖިލިސް ރައީސްކަމަށް އަސްލަމަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އަސްލަމްއަށް ތާއީދު ކުރާ މީހުން އަންނަނީ އަސްލަމް މަޖިލިސް ރައީސްކަމަށް އަދި އީވާ އަބްދުﷲ ނައިބު ރައީސްކަމަށް ގެނައުމަށް ކެމްޕޭނު ކުރަމުންނެވެ.


އޭގެ އިތުރުން ސޯޝަލް މީޑިއާގައި ކެމްޕޭނު ހޫނުވެ. ދެ ފަރާތުގެ ސަޕޯޓަރުން އިދިކޮޅު ކެންޑިޑޭޓުންގެ އަބުރަށް ހުތުރުވާ ފަދަ ވާހަކަތައްވެސް އަންނަނީ ދައްކަމުންނެވެ.

ދެ މެމްބަރުން ވެސް ވިދާޅުވަނީ 40 އަށްވުރެ ގިނަ މެމްބަރުން ތާއީދު ކުރާނެކަމަށް

ކުރިއަށް ފަށަން އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން އިންތިހާބުވެފައިވަނީ 65 މެމްބަރުންނެވެ. އެހެން ނަމަވެސް، އިއްޔެ ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުގައި އަސްލަމް ވިދާޅުވެފައިވަނީ އޭނާގެ ޓީމަށް 40 އަށްވުރެ ގިނަ މެންބަރުން ތާއީދު ކުރައްވާނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.

މިއަދު ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުގައި އަފީފް ވެސް ވިދާޅުވެފައިވަނީ 40 އަށްވުރެ ގިނަ މެމްބަރުންގެ ތާއީދު ލިބިފައިވާކަމަށެވެ.

ދެ ބޭފުޅުންވެސް 40 އާއި 45 އާ ދެމެދު އަދަކަށް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން މެމްބަރުންގެ ތާއީދު ލިބިއްޖެ ކަމަށް ވިދާޅުވާ ނަމަ، އެންމެ މަދުވެގެން ވެސް އެމްޑީޕީގައި 80 އަށްވުރެ ގިނަ މެމްބަރުން ތިބެން ޖެހޭނެ އެވެ. ނަމަވެސް އެމްޑީޕީން 19 ވަނަ މަޖިލީހުގައި ތަމްސީލު ކުރައްވަނީ 65 މެމްބަރުންނެވެ. މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދަކީ 87 އެވެ.

ދެ މެމްބަރުންނަށް 40 އިން މަތިން މެމްބަރުން ހަމަވީ ކިހިނެއްތޯ ސުވާލު އުފެދެ އެވެ. މި ސުވާލުގެ ޖަވާބު ލިބޭނީ ހޯމަ ދުވަހު އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ބާއްވާ ބައްދަލުވުމަށް ފަހުއެވެ. އެ މެމްބަރުންގެ ވޯޓުން ހޮވޭ ބޭފުޅަކަށް އަފީފު ވެސް އަސްލަމްވެސް ތާއީދު ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ހިޔާލު

ގޫބައްޑާ

ތިޔަ ސުވާލުގެ ޖަވާބަކީ، ބައެއް މެމްބަރުން "އާނ ބަސްދެނީ މޫނަށް ލަދަށް" ކަން. އަހަރެން ވެސް މެމްބަރަކާ ކަތާ ކޮށްލިން. ފުރަތަމަ އަހަރެން އެދުނުގޮތަށް އެދުނުމެންމަބަރަށް ވޯޓުދޭނަމޭ ބުނ. ވާހަކަ ދިގުވަމުން ގޮސް ނިމުނުއިރު އޭނަގެ ވޯޓު އަހަރެން އެދުނު މީހަޔަށް ނުދޭނެކަން 100 އިން 100 އަށް ކަށަވަރުވި. މިވޯޓުގައި ވެސް ފައިސާގެ ކުޅިގަނޑު ކުޅެނީބާ؟؟؟؟؟؟