Dilip Kumar, faahaga kohleveyy muslim actor eh
image
ދިލިޕް---
0 ކޮމެންޓް
 

ދިލިޕް ކުމާރް، ފާހަގަކޮށްލެވޭ މުސްލިމް އެކްޓަރެއް!

ދިލިޕް ކުމާރު އަސްލު ނަމުން ނަމަ މުހައްމަދު ޔޫސުފް ހާނަކީ ނަވާރަ ސަތޭކައިގައި އަހަރުތަކުގައި ވިދާލި ފަންނާނެކެވެ.
އުމުރުން 96 އަހަރުގެ ދިލިޕް އުފަންވެފައިވަނީ 1922 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. ޕާކިސްތާނަށް އުފަން ދިލިޕްއަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކާމިޔާބު އެކްޓަރެކެވެ.

ގިނަ އެވޯޑުތައް ހާސިލްކޮށްފައިވާ ދިލިޕް ވަނީ 65 އަށް ވުރެ ގިނަ ފިލްމު ކުޅެފައެވެ. އެގޮތުން ފާހަގަކުރެވޭ ފިލްމުތަކުގެ ތެރޭގައި 1955 ގައި ނެރުނު "ދޭވްދާސް" އާއި 1960 ގައި ނެރުނު "މުގަލް އޭ އަޒަމް" އަދި 1986 ގައި ނެރުނު "ކަރްމާ" ހިމެނެއެވެ. އަދި އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ 1998 ގައި ނެރުނު "ކިލާ" އިންނެވެ.

ދިލިޕް ވަނީ ދެ ކައިވެންޏެއް ކޮށްފައެވެ. އޭނާގެ ފުރަތަމަ ކައިވެނި ރޫޅުނު ނަމަވެސް ދެވަނަ ކައިވެނި އަދި ރޫޅިފައެއް ނުވެއެވެ. ދިލިޕްގެ ދަރިއެއް ނުހުރެއެވެ.
ހިޔާލު