Kuhveriaku jalun minivankuri massalaehgai officer aku suspend koffi
image
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބައެއް އޮފިސަރުން -- ފޮޓޯ: ސަން
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ކުށްވެރިއަކު މިނިވަންކުރި މައްސަލައެއްގައި އޮފިސަރަކު ސަސްޕެންޑުކޮށްފި

ގަވައިދާ ހިލާފަށް ކުށްވެރިއަކު ޖަލުން މިނިވަން ކުރި މައްސަލައެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކު ސަސްޕެންޑް ކޮށްފި އެވެ.
ރާއްޖޭގެ ނޫހަކުން ރިޕޯޓުކުރި ގޮތުގައި ދޫކުރަން ނުޖެހޭ ކުށްވެރިއަކު މިނިވަންކޮށްފައި ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފެންޑާ މެނޭޖްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރަމުން އައި ސްޓާފް ސާޖެންޓެކެވެ.

މިދިޔަ ބުރާސްފަތި ދުވަހު އޭނާ ސަސްޕެންޑު ކޮށްފައިވާއިރު އޭނާ އަކީ ކުށްވެރިން ދޫކުރަން ޗިޓް ހަދާ މީހެއް ކަމަށާއި އޭނާ ސަސްޕެންޑުކޮށްފައިވަނީ ކުށްވެރިޔާ ދޫކުރުމަށް ޗިޓް ހެދުމުން ކަމަށް "މިހާރު" ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

އެ ޗިޓުގައި އެ ޑިޕާޓްމަންޓުގެ ވެރިޔާ އާއި ކޮމިޝަނާ އޮފް ޕްރިޒަން ސޮއިކޮށްފައިވާއިރު ޗިޓުގައި ސޮއެކުރުމަށްފަހު އެ ކުށްވެރިޔާ މިނިވަން ކުރި ނަމަވެސް ފަހުން އެއީ އޮޅުމެއް ކަމަށް ބުނެ މީހާ ވަނީ އަލުން ޖަލަށް ލާފައެވެ.

އެމައްސަލަ އާ ގުލީގެން ސަސްޕެންޑު ކުރި އޮފިސަރު ސަސްޕެންޑް ކޮށްފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށާއި ޑިސިޕްލިނަރީ ބޯޑަށް އޭނާއާ ދޭތެރޭ އިތުރު ފިޔަވަޅު އެޅުމަށް ފޮނުވާފައިވާ ކަމަށް ވެސް އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމާ ގުޅިގެން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ކަރެކްޝަން ސާވިސް
ހިޔާލު