Singapore ga ulhey Dhivehinge database hadhanee faseyhainn hidhumaiy dhinumah: Safeeru
image
ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އަބްދުﷲ މައުސޫމް -- ފޮޓޯ: ސޯޝަލް މީޑިއާ
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ސިންގަޕޫރުގައި އުޅޭ ދިވެހިންގެ ޑޭޓާބޭސް ހަދަނީ ފަސޭހައިން ހިދުމަތް ދިނުމަށް: ސަފީރު

ސިންގަޕޫރުގައި އުޅޭ ދިވެހިންގެ މައުލޫމާތު އެއްކޮށް، ޑޭޓާބޭސް ހަދަމުންދަނީ އެގައުުމުގައި އުޅޭ ދިވެހިންނަށް ފަސޭހަކޮށް ހިދުމަތް ދިނުމަށް ކަމަށް ސިންގަޕޫރު ސަފީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިން އެމްބަސީގައި ރަޖިސްޓްރީވުމަށް އެދޭ ކަމަށް އިއްޔެ ވަނީ އެމްބަސީން ބުނެފަ އެވެ. އެކަމަކު މައުސޫމް ވިދާޅުވީ އެއީ މަޖުބޫރު ކަމެއް ނޫން ކަމަށެވެ.

މައުސޫމް ސީއެންއެމްއަށް ވިދާޅުވީ ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިން އެމްބަސީގައި ރަޖިސްޓްރީ ވުމަކީ އެބޭފުޅުންގެ އިޚްތިޔާރުގައި އޮތް ކަމެއް ކަމަށާއި އެކަން ކުރުމަށް އެމްބަސީއަށް ދާން ނުޖެހޭނެ ކަމަށެވެ. އަދި އޮންލައިންކޮށް ރަޖިސްޓްރީ ވެވޭނެ ކަމަށް ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ ސިންގަޕޫރުގައ ދިރިއުޅޭ ދިވެހިންނަށް ފަސޭހައިން ހިދުމަތް ދިނުމަށްޓަކައި މިފަދަ ޑޭޓާ ބޭސްއެއް މުހިއްމު ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެމްބަސީއަށް ދިވެހިންނާ މުއާމަލާތު ކުރުމަށް ފަސޭހަވާނޭ ކަމަށް ވެސް މައުސޫމް ވިދާޅުވިއެވެ.

"އެމްބަސީގައި ރަޖިސްޓްރީވުމުން އަޅުގަނޑުމެން ފޯރުކޮށްދޭ އެކި މައުލޫމާތުތަކާއި ދޭ އެކި ހިދުމަތްތަކާއި ގުޅޭ މައުލޫމާތުވެސް މިކޮޅުގައި ދިރިއުޅުއްވާ ދިވެހިންނަށް ފަސޭހަކަމާއި އެކު ފޯރުކޮށް ދެވޭނެ. އަދި އޭގެ އިތުރުން އެމެޖެންސީގެ ހާލަތެއްގައިވެސް ފަސޭހަކަމާއި އެކު މުއާމަލާތު ކުރެވި އަދި ރާއްޖޭގައި ތިބޭ އެފަރާތެއްގެ އާއިލާ ފަރާތްތަކަށް މައުލޫމާތު ދިނުމުގައި ވެސް ފަސޭހަވެގެން ދާނެ،" މައުސޫމް ވިދާޅުވިއެވެ.

އޭގެ އިތުރުން މައުސޫމް ވިދާޅުވީ އެމީހަކު އެމްބަސީއަށް ދޭ މައުލޫމާތު ހަމައެކަނި ބޭނުން ކުރެވޭނީ އެމްބަސީގެ ބޭނުންތަކަށް ކަމަށާއި، އެ މައުލޫމާތުތަކުގެ ސިއްރު ހިފެހެއްޓޭނެ ކަމަށެވެ.
ހިޔާލު