Male Grand inn billoori gandeh vetti meehakah aniyaa vejje
image
މާލެ ގްރޭންޑުން ބިއްލޫރިގަނޑު ވެއްޓިފައި--
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މާލެ ގްރޭންޑުން ބިއްލޫރިގަނޑެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ

މާލެ ގްރޭންޑް ފްލެޓް ގެ ބިއްލޫރިގަނޑެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މަޖީދީމަގު މާލެ ގްރޭންޑްގެ ހަތަރު ވަނަ ބުރިން ބިއްލޫރުގަނޑެއް ވެއްޓި މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އެހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މެންދުރު 12:10 ހާއިރު ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެހާދިސާގައި އަނިޔާ ލިބިފައިވަނީ 36 އަހަރުގެ ދިވެހި އަންހެނަކަށެވެ. އެމީހާގެ އަތް ތިލައިން ކުޑަކޮށް ކަފައިގެން ގޮސްފައިވާ ކަމަށާއި އަދި އެމީހާ އަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ. މިއަދު ހެނދުނު މާވެޔޮ މިސްކިތުން ބިއްލޫރިގަނޑެއް ވެއްޓި ދެ ބިދޭސީންނަށް ވެސް އަނިޔާވި އެވެ. އެދެމީހުންނަށް މާ ބޮޑު އަނިޔާއެއް ނުވެ އެވެ.
މަގުމަތީ ހާދިސާ
ހިޔާލު