BML Islamic Financing ah aa hidhumaiy thakeh thaarafkoffi
image
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: ޓްވިޓާ
0 ކޮމެންޓް
 

ބީއެމްއެލް އިސްލާމިކް ފައިނޭންސިން އަށް އާ ހިދުމަތްތަކެއް ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްލާމިކް ފައިނޭންސިން އަށް ހާއްސަ ހިދުމަތްތަކެއް ތައާރަފްކޮށްފި އެވެ.
އޭގެ ތެރޭގައި ރީޓެއިލާޒް ފައިނޭންސިން އާއި ބިޒްނަސް ޑިވެލޮޕްމަންޓް ފައިނޭންސިން އާއި ލެޓާ އޮފް ކްރެޑިޓް އަދި ބޭންކް ގެރެންޓީގެ ހިދުމަތާއި ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ ހޯދޭނެ ގޮތަށް ޖެނެރަލް ފައިނޭންސިން އަށް ގެނައި ބަދަލުތައް ވެސް ހިމެނެ އެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ "ޝަރީއާ ކޮމްޕްލަޔަންޓް" ނުވަތަ އިސްލާމީ އުސޫލުތަކާ އެއް ގޮތަށް ބޭންކިން ހިދުމަތް ހޯދާ ކަސްޓަމަރުންނަށް އިތުރު ހިދުމަތްތަކެއް ދެވުމުން އުފާކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އިސްލާމިކް ބޭންކިން މިވަނީ ވަރަށް ފުޅާވެފައި. އަދި މިއަދުގެ މިއިއުލާން ކުރެވޭ ހިދުމަތްތަކަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އެހެން ވިޔަފާރިތަކުގެ ކުރިއެރުވުމަށް ބޭންކުން ކުރާ މަސައްކަތުގެ ބައެއް،" ޝަރީފު ވިދާޅުވި އެވެ.

އަލަށް ތައާރަފްކުރި ބައެއް ހިދުމަތްތައް

ރީޓެއިލާސް ފައިނޭންސް - ބީއެމްއެލް ޕީއޯއެސް މެދުވެރިކޮށް ކުރާ ވިޔަފާރިތަކުގެ ތެރެއިން މަހެއްގެ މައްޗަށް 50،000 ރުފިޔާ ލިބޭ ވިޔަފާރިތަކަށް ހާއްސަ ހިދުމަތެއް.



ބިޒްނަސް ޑިވެލޮޕްމަންޓް ފައިނޭންސް - ވިޔަފާރިއަށް ލުއި ވާނެހެން ރަހުނު ބަހައްޓައިގެން، ވިޔަފާރި ފުޅާކޮށް ހިންގުމަށް ބޭނުންވާ ފައިނޭންސް ލިބޭނެ ހިދުމަތެއް.
ހިޔާލު